ބޭނުންވީ އަމިއްލަ ކަމެއް ކުރަން، އެއީ ވެހިކަލް ސާފުކުރުން
'ދައުރު' އާއި ދިރާގު ގުޅިގެން ގެނެސްދޭ '100' ސެގްމެންޓްގައި މިފަހަރުގެ ފުރަތަމަ މެހެމާނަކީ އުމުރުން 21 އަހަރުގެ މަލީހު މުހައްމަދެވެ.
3 މާރިޗު 2025
އުމުރުން 21 އަހަރުގެ މަލީހު މުހައްމަދަކީ ތަފާތު ޒުވާނެކެވެ.
އޭ ލެވެލް ހެދުމަށް ފަހު ޓީއެމްއޭގެ ކެބިން ކްރޫއަކަށް އުޅުނެވެ. ނަމަވެސް އެ ވަޒީފާއިން ވަކިވެ އޭނާ ވިސްނީ އަމިއްލަ މަސައްކަތެއް ފަށާށެވެ. އެވިސްނުމުގައި އޭނާ ފެށީ ވެހިކަލް ސާފުކޮށްދޭށެވެ.
އެލީޓް ޑީޓެއިލާސްގެ ނަމުގައި ސޯޝަލް މީޑިއާގައި މަލީހު އަންނަނީ އެ މަސައްކަތް އިސްތިހާރުކުރަމުންނެވެ. އަމިއްލައަށް ސައިކަލާއި ކާރު ސާފުކޮށްދެމުންނެވެ.
އިތުރަށް ކިޔާލަން
އެ މަސައްކަތަށް އޭނާ ކެމިކަލް އެތެރެކުރަނީ ވެސް އަމިއްލައަށެވެ. އޭނާ ބެލީ ރާއްޖޭގެ މާހައުލަށް ފެތޭ، ތިމާވެއްޓާ ރައްޓެހި ކެމިކަލް ގެންނާށެވެ. އާންމުކޮށް ގަރާޖުތަކުން ނުލިބޭ ފެންވަރުގައި ކާރުގެ އެތެރެ ވެސް ސާފުކޮށްދީ، އެއަށް ބޭނުންވާ ކެމިކަލް ފަރުވާ ވެސް ދެ އެވެ.