ޖޭޒް އެންޑް ކޯގެ 'އިންސްޓެންޓް ހިޖާބް' އަޅާލެވޭނެ 3 ގޮތެއް
އެކި މުނާސަބަތުތަކަށް ބުރުގާ އަޅާނެ ގޮތްތައް މިހާރު މަދެއް ނޫނެވެ. އެކަމަކު މިއަދުގެ ހަލުވި ދުނިޔޭގައި، ފަސޭހައިން އަދި އަވަހަށް އަޅާލެވޭނެ ރަނގަޅު ބުރުގާއެއް އޮތުން ގިނަ މީހުންނަށް ވަރަށް މުހިއްމެވެ. މިއީ ދިވެހި ބްރޭންޑު ޖޭޒް އެންޑް ކޯގެ ވެސް ވިސްނުން ހުރި ގޮތެވެ. އަޅާލަން ފަސޭހަ އަދި ނިވާކަން ބޮޑު އެކަމަކު މޮޅު ފޮތިން ރީތިކޮށް ފަރުމާކޮށްފައިވާ ބުރުގާ ގެނެސްދިނުމުގެ އަމާޒަށް އެ ބްރޭންޑުން މަސައްކަތް ކޮށްފައިވާކަން ހާމަވެ އެވެ.
ޖޭޒް އެންޑް ކޯގެ ބާނީ ފާތިމަތު ޖޭޒްމިން ނެރޭ ބުރުގާތަކުގެ ޑިޒައިންއަށް ދީފައިވާ ސަމާލުކަން އެ ޑިޒައިންތަކަށް ބަލާލުމުން އެނގެ އެވެ. ކޮންމެ ބުރުގާއެއް ވެސް ތައްޔާރުކޮށްފައިވަނީ ފަސޭހައިން އަޅާލެވޭ އަދި ތަފާތު ގޮތްގޮތަށް ސްޓައިލް ކޮށްލެވޭނެ ގޮތަށެވެ. ރަސްމީކޮށް ނުވަތަ ކެޝުއަލްކޮށް ވެސް މި ބުރުގާތައް އަޅާލެވެ އެވެ. އަދި ފޮތީގެ ފެންވަރު ރަނގަޅުވެފައި ބޮލުން ސޮހިގެނެއް ނުދެ އެވެ.
މި ވީޑިއޯގައި ދައްކާލަނީ ޖޭޒް އެންޑް ކޯގެ 'ކަނބާ ކަލެކްޝަން'ގެ ބުރުގާ ސްޓައިލް ކޮށްލެވޭނެ ތިން ގޮތެކެވެ. މިއިން ކޮންމެ ގޮތަކަށް ވެސް ބުރުގާ އަޅަން ނަގާނީ ދެތިން މިނެޓެވެ. އަދި މި ބުރުގާގައި އެއްވެސް ވަރަކަށް ދައްޗެއް ޖަހާކަށް ނުޖެހެ އެވެ. މީގެ ސަބަބުން ވެސް ވަގުތު ސަލާމަތްވެ އެވެ.
މިއިން ކޮންމެ ސްޓައިލްއެއް ވެސް ރަސްމީ މުނާސަބަތަކަށް، ރަހުމަތްތެރިންނާ އެކު ކޮފީ އަކަށް ދާއިރު، ގޭތެރޭގައި ބިޒީކޮށް އުޅޭއިރު، ނުވަތަ ނިވާކަން ބޮޑުކޮށް ބުރުގާ އަޅާލަން ބޭނުންވާ މީހުންނަށް ވެސް އެކަށީގެންވެ އެވެ.
ޖޭޒް އެންޑް ކޯގެ 'ކަނބާ ކަލެކްޝަން'ގައި ކޮންމެ މީހަކަށް ވެސް ކަމުދާނެ ކަހަލަ އެކި ކުލަތައް ހިމެނެ އެވެ. އަދި ދާދި ފަހުން އެ ބްރޭންޑުން ވަނީ 'ކަނބުލަ ކަލެކްޝަން' އާއި ފަސޭހައިން އަޅާލެވޭނެ 'ސްޕޯޓްސް' ބުރުގާއެއް ވެސް ތައާރަފު ކޮށްފަ އެވެ.
ޖޭޒް އެންޑް ކޯގެ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގެ ޒަރިއްޔާއިން މައުލޫމާތު ހޯދައިގެން ބުރުގާ އޯޑަރު ކޮށްލެވިދާނެ އެވެ. ނޫނީ އެ ބްރޭންޑުގެ ހޮޓްލައިން ނަމްބަރު 9360800 އަށް ގުޅާލެވިދާނެ އެވެ.
ކޮމެންޓް (1)
ދަނބާ