ފަންނުވެރި އެކުވެރިން: ޑްރަމަރު ޖީމް ނިޔާޒް
'ފަންނުވެރި އެކުވެރިން'ގެ ފުރަތަމަ ވިޑިއޯ ޕޮޑްކާސްޓްގައި ރެވިއޯ ބޭންޑުގެ ޑްރަމަރު އޭނާގެ މި ދާއިރާގެ ތަޖުރިބާ އާއި ކުޑައިރުގެ ހާއްސަ ހަނދާންތަކެއް ކިޔައިދިން
13 ޖެނުއަރީ 2025
ރާއްޖޭގެ މިފަހުގެ އެންމެ މަގުބޫލު ބޭންޑުތަކުގެ ތެރެއިން އެއް ބޭންޑު ކަމަށްވާ ރެވިއޯގެ ކުޅަދާނަ ޑްރަމަރު ޖީމް ނިޔާޒް އަކީ 'ފަންނުވެރި އެކުވެރިން'ގެ ފުރަތަމަ ވިޑިއޯ ޕޮޑްކާސްޓް ސީރީޒްގެ މެހުމާނެވެ.
ރާއްޖޭގެ މަގުބޫލު ޑްރަމަރުންގެ ލިސްޓުގައި ހިމެނޭ ޖީމް މި އެޕިސޯޑުގައި އޭނާގެ މި ދާއިރާގެ ތަޖުރިބާ އާއި ކުޑައިރުގެ ހާއްސަ ހަނދާންތަކެއް ކިޔާދިނެވެ.
ރެވިއޯ ބޭންޑުގެ އެންމެ ފަހުގެ އަލްބަމް ލޯންޗު ކުރުމުގެ ތެރެއިން އޭނާއަށް ލިބުނު ތަޖުރިބާ އާއި ރާއްޖޭގެ މިއުޒިކް ދާއިރާއާ ބެހޭގޮތުން އޭނާގެ ހިޔާލު ޖީމް ހިއްސާ ކުރި އެވެ. އަދި ރާއްޖެ އަކީ އުފެއްދުންތެރި އަދި ފަންނުވެރި މީހުން ނިސްބަތުން ގިނަ ގައުމަކަށް ވެފައި ޑްރަމިން ފަދަ ދާއިރާ އަކުން ކުރިއަށްދާން ބޭނުން ނަމަ ކުރެވިދާނެ ކަންކަން ވެސް އޭނާ ކިޔައިދިނެވެ.