ވާޝިޔާ މުހައްމަދު

ފެޝަން

ވާޝިޔާގެ ހެދުންތައް ހެޔޮ އަގުގައި ވިއްކާލަނީ

ވާޝިޔާ ވަނީ އޭނާ އެއް ފަހަރު ލާފައި ބޭނުންނުކޮށް ހުރި ހެދުންތައް ވިއްކުމަށް އިންސްޓަގްރާމް ޕޭޖެއް ހަދާފައި
12 ފެބްރުއަރީ 2024
4

ފިލްމީ ތަރި ވާޝިޔާ މުހައްމަދު އެންމެ ފަހުން އިންސްޓަގްރާމްއަށް ދޫކޮށްލީ އޭނާ އެއް ފަހަރު ލާފައި ބޭނުންނުކޮށް އެކަމަކު ރަނގަޅު ހާލާތުގައި ހުރި ނަލަ ޓޮޕްތަކެކެވެ. އަގަކީ އެންމެ 50 ރުފިޔާ އެވެ.

އެއް ފަހަރު ލާފައި ހުންނަ ހެދުން ވިއްކާލުން މިއީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މަގްސަދަކީ، އެފަދަ އަންނައުނުން އަލަމާރި ފުރާފައި ނުބެހެއްޓުމެވެ. ނުވަތަ އުކާނުލުމެވެ.

އެ ހެދުމެއް ބޭނުން ކުރެވޭ އެހެން މީހަކަށް ދިނުން ނުވަތަ އަގުހެޔޮކޮށް ވިއްކާލުމަކީ ވެއްޓަށް ރައްކާތެރި ގޮތެވެ. ހައްޓަށް ވެސް ލުއި ގޮތެވެ. އަލަމާރީގެ ތަރުތީބު ގެއްލި، ހޯދަން އުޅޭ އެއްޗެއް ނުފެނިގެން އުޅޭކަށް ނުޖެހެ އެވެ.

މިގޮތަށް ވިއްކާލުމުން އާމްދަނީއެއް ލިބި، އާ ހެދުން ހޯދުމަށް ކުރާ ހޭދަ ވެސް ކުޑަވެގެން ދެ އެވެ.

ވާޝިޔާ ބުނިގޮތުގައި އޭނާ މިކަން ކުުރަން ބޭނުންވީ އިންޓަވިއުތަކާއި އިވެންޓްތަކަށް އެންމެ ފަހަރަކު ލާފައި ބޭނުންނުކޮށް ހުރި ހެދުން އޭނާގެ އަތުގައި ބައިވަރު ހުރުމުންނެވެ.

މީގެ ކުރިން އޭނާ މިގޮތަށް ހުންނަ ހެދުން މަންމައާ ހަވާކުކޮށް، އޭނާގެ ރަށުގައި އުޅޭ ކުދިންނަށް ފޮނުވަނީ އެވެ. މިފަހަރު އެގޮތަށް ކުދިންނަށް ދޭން %60 ހެދުން ބަހައްޓާފައި ހެޔޮ އަގުގައި ހެދުން ގަންނަން ބޭނުންވާ މީހުންނަށް ވިއްކަން އިންސްޓަގްރާމްގައި އާ ޕޭޖެއް ލޯންޗް ކުރީ އެވެ.

މީގެ ހަފްތާއެއްހާ ކުރިން އޭނާ ހަދާފައިވާ ކްލައުޑީތުރިފްޓް.އެމްވީ ޕޭޖްގައި ވަނީ މިގޮތަށް އޭނާ ވިއްކާ ހެދުންތައް ދައްކާލާފަ އެވެ.

"ބައެއް މީހުން ހެދުން ގަނެފައި އެބަހުރި. އެއް ފަހަރު ލާފައި ހުރި ހެދުން 250 އެއްހާ ރުފިޔާއަށް ވިއްކަން ނިންމައިގެން މިހިރީ. "ޓޮޕެއްގެ އަގު 50 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ،" ވާޝިޔާ ބުންޏެވެ.

ވާޝިޔާގެ އެހެން އަމާޒެއް ވެސް އެބައޮތެވެ. ހެދުން ގެނެސްގެން ވިއްކުމެވެ. އެކަމަކު އެ ވެސް ހެޔޮ އަގެއްގަ އެވެ. 

ފާސްޓް ފެޝަންގެ ނޭދެވޭ އަަސަރު ތިމާވެއްޓަށް ބޮޑެވެ. އެއް ފަހަރު ލާފައި އެއްލާލުމުގެ ސަބަބުން ކުނި ކޮށިތައް ދަނީ ފުރެމުންނެވެ. މީގެ ނުރައްކާ ބޮޑުވެފައިވާ އިރު ފެޝަނަށް ލޯބި ކުރާ މީހުން ސެކަންޑް ހޭންޑްކޮށް ތަކެތި ގަތުމަށް އޮންނަ ޝައުގުވެރިކަން ކުރިޔާ ހިލާފަށް މިހާރު ބޮޑެވެ. 

ކޮމެންޓް (4)

ސުޖާ

12 ފެބްރުއަރީ 2024
ތި ހެދުންތަ؟ މަހީކުރީ ތަންތައް ސާފުކުރާ ކުނޑިފޮތި ކަމަށް
12 3

ޚަދީޖާ

12 ފެބްރުއަރީ 2024
ތި އެއްޗެއްސަކީ މީހުން ލާން ހެޔޮވާވަރުގެ އެއްޗެއްސެއް ނޫން. ތިއަށްވުރެ ތި އަންދާލިޔަސް ސަވާބު ލިބޭނެހެން ހީވޭ.
46 3

މޭން

12 ފެބްރުއަރީ 2024
@ޚަދީޖާ ތިހާ ކަޑަ ރިޕްލައި ނުދިނަސް ކަލެއައް ނިދޭނެ.
6 14

ޢަސް

12 ފެބްރުއަރީ 2024
@މޭން އެއީ ކަޑަ ރިޕްލައިއެއްތަ. އެބުނީ ހަމަ ރަނގަޅަށް. ތީކީ މީހުންގެ ތެރެއަށް ނިކުންނަ އިރު ލާން ހެޔޮވާ ވަރުގެ އެއްޗިއްސެއް ނޫން.
23 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް