ފާސްޓް ފެޝަނާ މެދު އިންޒާރުގެ މެސެޖެއް ދިނުމަށް ޝީއިންގެ ކޮތަޅު ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުންތަކެއް ދައްކާލަނީ

ފެޝަން

ޝީއިންގެ ހެޔޮ އަގުގެ ފަހަތުގައި އަނދިރި ފަރާތެއް ވޭ

އަތްފޯރާ ފަށުގައި ފަހުގެ ފެޝަން ފޯރުކޮށްދޭ ކުންފުނީގެ މުވައްޒަފުންގެ ހައްގުތަކާއި އުފެއްދުންތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައި
2 ޑިސެމްބަރު 2022
14

އަންނައުނާއި ދަބަހާއި ބޫޓާއި ފައިވާން އަދި ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ގަތުމަށް މުޅި ދުނިޔެއެކޭ އެއްގޮތަށް ދިވެހިންގެ ތެރޭގައި ޝީއިން މަގުބޫލެވެ.

ޗައިނާގެ ވިޔަފާރިވެރިއެއް ކަމުގައިވާ  ކްރިސް ޒޫ، 2008 ގައި އުފެއްދި ޝީއިން އަކީ ފުރަތަމަ، އޯޑަރަށް އެއްޗެހި ޑެލިވަރީ ކޮށްދިން ކުންފުންޏެކެވެ. ފަހުން އެ ކުންފުނި ބަދަލުވެ ވިޔަފާރި ފުޅާވެގެން އައީ ގުއަންޒޫގެ ކާރުހާނާތަކުގައި އުފައްދާ އަންނައުނާއި އެހެނިހެން ސާމާނު ރީޓެއިލް ކުރާ އޮންލައިން ބޮޑު ވިޔަފާރިއަކަށެވެ.

ޝީއިން އަކީ މުޅި ދުނިޔެއަށް ފެތުރި މަގުބޫލުވެފައިވާ ބްރޭންޑެއް

ޝީއިންގެ ވިޔަފާރި ފަލްސަފާ ބިނާވެފައިވަނީ ވީހާ ވެސް ހެޔޮ އަގެއްގައި ފަހުގެ ޓްރެންޑްތައް މީހުންނަށް ފޯރުކޮށްދިނުމަށެވެ. މިއާއެކު އެ ކުންފުނީގެ އުފެއްދުންތައް މަގުބޫލުވެގެން އައީ ހަލުވިކަމާ އެކު އެވެ. ޝީއިންގެ އުފެއްދުންތައް ދުނިޔޭގެ 220 ގައުމަކަށް ޝިޕް ކުރެ އެވެ. މިއީ ފެޝަނުގެ މާކެޓްގައި ވާދަ ކުރާ ސްޕެއިންގެ ޒާރާ އާއި ސްވިޑެންގެ އެޗްއެންޑްއެމްއާ އަޅާބަލާއިރު މާ މަތީ އަދަދެކެވެ. ޒާރާއިން 96 ގައުމެއްގައި އޮޮޕަރޭޝަންތައް ހިންގާ އިރު އެޗްއެންޑްއެމްގެ އޮޕަރޭޝަންތައް ހިންގަނީ 74 ގައުމެއްގަ އެވެ.

ޝީއިންގެ މަގުބޫލުކަން އެމެރިކާ، ބްރެޒިލް، ފްރާންސް، ސްޕެއިން އަދި ކެނެޑާގައި ބޮޑެވެ. މިކަން ވަޒަންކޮށްލެވޭނެ އެއް ގޮތަކީ މި ގައުމުތަކުގައި އެ ކުންފުނީގެ ވެބްސައިޓަށް ލިބޭ ޓްރެފިކެވެ. ދުނިޔޭގެ ފެޝަން އަދި އެޕެރެލް ކުންފުނިތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ފަސް ކުންފުނީގެ ތެރޭގައި މިހާރު ޝީއިން ހިމެނެ އެވެ.

ޝީއިން މިހާ މަގުބޫލީ ކީއްވެ؟

ފުރަތަމަ ކަމަކީ އަގު ހެޔޮވުމެވެ. އެންމެ 2 ޑޮލަރަށް ޓޮޕެއް ގަނެލެވޭ އިރު 100 ޑޮލަރު ހޭދަކޮށްފި ނަމަ އެހެން އެއްވެސް ތާކުން ނުލިބޭ ވަރަށް އަންނައުނާއި އެހެން ބާވަތްތައް ޝީއިންގެ ވެބްސައިޓުން ލިބޭނެ އެވެ.

ޝީއިންގެ ޕޮޕް އަޕް ފިހާރައަކުން ބަޔަކު ވިޔަފާރިކޮށްގެން ނުކުންނަނީ. (ފޮޓޯ/ސީއެންބީސީ)

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،000 އާ އައިޓަމް ޝީއިންގެ ވެބްސައިޓުން ލިބެ އެވެ. ޝީއިން އިން މިގޮތަށް ވިޔަފާރި ކުރިއަށް ގެންދަނީ ފުރަތަމަ މަދު އަދަދެއް އުފެއްދުމަށް ފަހު ޑިމާންޑަށް ބަލައިގެން އެ އެއްޗެއް އިތުރަށް އުފައްދައިގެންނެވެ.

ޝީއިންގެ ކާމިޔާބީގެ ފަހަތުގައި ދެން އޮތީ އެމީހުން މާކެޓް ކުރާ ގޮތެވެ. ސޯޝަލް މީޑިއާގައި ކުދިކުދި އިންފުލެއެންސަަރުން ބޭނުންކޮށްގެން، ޒާރާގެ ޑިޒައިންތައް ކަހަލަ ބާވަތްތައް ޖެންޒީގެ ކަސްޓަމަރުންނަށް ހާއްސަކޮށް ޓާގެޓް ކުރަނީ އެތައް ގުނައެއް އަގުހެޔޮކޮށެވެ.

ޝީއިންގެ އަނދިރި ފަރާތް

ހެޔޮ އަގެއްގައި މުދާ ވިއްކާ ނަމަ ސަޕްލައި ޗެއިންގެ ކޮންމެވެސް އެއް ހިސާބެއްގައި ކޮންމެވެސް ބަޔަކު ގޭނޭނެ އެވެ. އެ އަގު ދައްކާނެ އެވެ. ފެކްޓަރީތަކުގައި މަސައްކަތް ކުރާ މީހުންނަކީ މިތަނުން އެއް ބަޔެވެ.

ޝީއިންގެ ފެކްޓަރީތަކުގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަން ލިބޭ މިންވަރާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ

އިނގިރޭސިވިލާތަށް މުދާ އެތެރެކުރާ ގައުމުތަކުން އަމަލު ކުރަންޖެހޭ އެ ގައުމުގެ 'މޮޑަން ސްލޭވަރީ އެކްޓް 2015' ބުނާ ގޮތުން، އެތެރެކުރާ މުދާ އުފައްދާ ފެކްޓަރީތަކުގައި މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ އެމީހުންގެ ހައްގަށް އުނިކަމެއް ނުލިބޭ ގޮތަށެވެ. އެކަން ވަޒީފާދޭ ފަރާތްތަކުން ޔަގީންކޮށްދޭން ޖެހެ އެވެ.

 ޝީއިން އިން ބުނާ ގޮތުގައި އެމީހުން ވިއްކާ މުދާ އުފެއްދުމުގައި ކުޑަކުދިންނެއް، ނުވަތަ ގަދަކަމުން މަސައްކަތްކުރުވާ މުވައްޒަފުންނެއް ނޫޅެ އެވެ. ނަމަވެސް އެ ކުންފުނީގެ ކަންކަން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މިންގަނޑުތަކަކަށް ނުފެތެ އެވެ. މިއީ މިހާރު ވެސް ކުރިއަށްދާ މައްސަލައެކެވެ.

އިންވެސްޓިގޭޓިވް ނޫސްވެރިއެއް ކަމުގައިވާ އިމާން އަމްރާނީ، ޝީއިންގެ ފެކްޓަރީތަކުގައި ކަންހިނގާ ގޮތް ބެލުމަށް ފަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޝީއިންގައި ހެދުން އުފެއްދުމާއި ގަނެ ވިއްކުމާއި މާކެޓްކުރުމުގައި އަންހެނުންގެ ދައުރު ބޮޑެވެ. އޭނާ ކާކުކަން ނޭނގޭ ގޮތަށް ޝީއިންގެ ދެ ފެކްޓަރީ އަށް ގޮސް އެ ތަންތަނުގައި ކަންހިނގާ ގޮތް ބަލާފައިވެ އެވެ. އޭނާ ހޯދި  މައުލޫމާތުން ހާމަވާ ގޮތުގައި ޝީއިންގެ ފެކްޓަރީތަކުގައި މުވައްޒަފުން ދުވާލެއްގެ މައްޗަށް 18 ގަޑި އިރު މަަސައްކަތުގައި ހޭދަ ކުރެ އެވެ. މިއީ ޗައިނާގައި މަނާ ކަމެކެވެ. އަދި ޝީއިންގެ ކޯޑް އޮފް ކޮންޑަކްޓާ ވެސް ހިލާފު ކަމެކެވެ.

ނަމަވެސް 5 ޑޮލަރަށް ހެދުމެއް ވިއްކާ ނަމަ އޭގައި ސުވާލު އުފެދޭ ކަންކަން ހިމެނޭނެކަން ވިސްނާލީމާ އެނގެ އެވެ. މަސައްކަތްކުރާ މީހުންނަށް ދުވާލެއްގެ މައްޗަށް 1،000 ޕްރޮޑަކްޓް އުފެއްދުމަށް މަޖުބޫރުވަނީ ޝީއިންގެ ވެބްސައިޓަށް ކޮންމެ ދުވަހަކު އެތަކެއް ހާސް އާ މުދާ އަޕްލޯޑްކުރާތީ އެވެ.

ޝީއިންގެ ކާމިޔާބީގެ ފަހަތުގައި ވަނީ އެ ކުންފުނީގެ ތަފާތު ފަލްސަފާ

މިދިޔަ އޭޕްރީލް މަހު ޝީއިންގެ އަގަކީ 100 ބިލިއަން ޑޮލަރެވެ. މިއީ ޒާރާ އަދި އެޗްއެންޑްއެމް އެއްކޮށްލީމާ ވާ ވަރަށް ވުރެ ވެސް މަތީ އަގެކެވެ.

ނޫސްވެރިޔާ އަމްރާނީގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި ފެކްޓަރީގައި މަސައްކަތް ކުރާ މީހުންނަށް އުޖޫރައެއްގެ ގޮތުގައި، އުފައްދާ ކޮންމެ އެއްޗަކުން ޖެހެނީ 4 ސެންޓަށް ވުރެ ވެސް މަދުންނެވެ. އަދި ވަރަށް ގިނަ އަދަދެއްގެ މުދާ ދުވާލެއްގެ މައްޗަށް އުފައްދަންޖެހޭ އިރު އެ ހަދާ އެއްްޗެއް ގޯސްކޮށް ހުރެ، ނުވަތަ ހަލާކުވެއްޖެ ނަމަ އެ އެއްޗެއްގެ އަގު މުވައްޒަފުންގެ އުޖޫރައިން ކަނޑަ އެވެ. ދުވާލަކު ލިބޭ އާމްދަނީގެ ތިންބައިކުޅަ ދެބައި މިކަމަށް ބައެއް ފަހަރު މުވައްޒަފުން ހޭދަ ކުރަން ޖެހެ އެވެ.

ޗައިނާގެ މުވައްޒަފުންނާ ގުޅޭ ގާނޫނު ބުނާގޮތުން ދުވާލަކު އަށް ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އަދި ހަފްތާއަކު އެވްރެޖްކޮށް މަސައްކަތް ކުރެވޭނީ 44 ގަޑި އިރެވެ. ނަމަވެސް ޝީއިންގެ ދަށް މުސާރަ އާއި ކަސްޓަމަރުންގެ ޑިމާންޑަށް ޝިޕް ކުރަންޖެހޭ މިންވަރު ގިނަވުމުގެ ސަބަބުން، މަސައްކަތްތެރިން ވަރަށް ގިނަ ވަގުތު ފެކްޓަރީތަކުގައި ތާށިވެފައި ތިބެންޖެހެ އެވެ. ދިިރިއުޅުމުގެ ހަރަދުތަކާ ބައްދަލު އާމްދަނީއެއް ހޯދަން ޖެހޭތީ އެ ނޫން ގޮތެއް ނެތީ އެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެކްޓަރީގައި މަސައްކަތް ކުރާ ބައެއް އަންހެނުން ގެއަށް ގޮސް ބޯ ދޮވެލާނެ ވަގުތު ނުވާތީ އެމީހުންގެ ލަންޗް ބްރޭކް ބޯ ދޮވުމަށް ހޭދަ ކުރެ އެވެ. އަދި ދަރިން ދޫކޮށްފައި ދުރު ހިސާބުތަކުން ގޮސް އެތައް ބަޔަކު އެ ފެކްޓަރީތަކުގައި މަސައްކަތް ކުރާ އިރު އޮފް ލިބެނީ މަހަކު އެއް ދުވަހު އެވެ.

ފާސްޓް ފެޝަން: ތިމާވެއްޓަށް ބޮޑު ގެއްލުމެއް (ފޮޓޯ/ ގާޑިއަން)

ފާސްޓް ފެޝަންގެ އަގު ދައްކަން ޖެހެނީ ހަމައެކަނި އިންސާނީ ހައްގުންނެއް ވެސް ނޫނެވެ. ފާސްޓް ފެޝަންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑެވެ. ޖައްވަށް ދޫކުރާ ވިހަ ގޭހުގެ %10 އަކީ ދުނިޔޭގެ ފެޝަން އިންޑަސްޓްރީގެ ހިއްސާ އެވެ. ޒާރާ އާއި އެޗްއެންޑްއެމް ފަދަ ޔޫރަޕްގެ ބްރޭންޑުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރަށް، ކުނި ކޮށިތައް ފުރެނީ އަގު ހެޔޮކޮށް ގަންނަ ކޮލިޓީ ދަށް ފެޝަނުގެ އެކި ބާވަތްތަކުންނެވެ. ކަސްޓަމަރަކު ގަންނަ އެއްޗެއް ކަމުނުގޮސްގެން އަނބުރާ ފޮނުވާލައިފި ނަމަ އެ އެއްޗެއް އަނބުރާ ވިއްކަން ބެހެއްޓުމަށް ދާ ހަރަދު ބޮޑުކަމުން، އެ އެއްޗެއް ގެންދަނީ ކުނި ކޮށްޓަށެވެ. ތިމާވެއްޓާ ރައްޓެހި ނޫން ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާތީ ފާސްޓް ފެޝަން ބްރޭންޑުތަކަށް ފާޑުކިޔުން އަމާޒުވެ އެވެ.

ޝީއިންގެ އަންނައުނުގައި ސިއްހަތަށް ގެއްލުންވާ މިންވަރަށް ޓޮކްސިކް ކެމިކަލް ހުރި ކަމަށް ހޯދިފައިވޭ

ޝީއިންގެ އުފެއްދުންތަކުގައި އިންސާނުންގެ ސިއްހަތަށް ގެއްލުންވާ މިންވަރަށް ކެމިކަލް ހުންނަ ކަމަށް ވެސް ވަނީ ހޯދިފަ އެވެ. މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި ކުޑަކުދިން، މާބަނޑު މީހުން އަދި ބޮޑެތި މީހުންނަށް ލާން އުފައްދާ އަންނައުނުގައި ސިއްހަތަށް ގެއްލުން ލިބޭ މިންވަރަށް ލެޑް އަދި އެހެން ޓޮކްސިކް ކެމިކަލް ހުރެ އެވެ.

ދެން އޮތީ ސުވާލެކެވެ. މިކަން އެނގި ހުރެ ޝީއިން އިން ތަކެތި ގަނެގެން ލާނަން ހެއްޔެވެ؟ ޝީއިން އިން ރާއްޖެއަށް 200 ޑޮލަރުގެ މުދާ ހިލޭ ޝިޕްކޮށްދެ އެވެ. އެ ކުންފުނީގެ މުދާ ގެނެސްގެން ވިއްކާ ކުދި ވިޔަފާރިތައް ގިނަ އެވެ. އެކަމަކު މިއީ ރަނގަޅު ބްރޭންޑެއް ހެއްޔެވެ؟

އެންމެ ފަހުގެ ޒަމާނީ ޓްރެންޑްތައް އަހަރެމެންގެ ކަނޑުތޮށިން އެތެރެވެފައިވާ އިރު، ފެކްޓަރީތަކުގައި މުވައްޒަފުން ލައްވާ އެމީހުންގެ ހައްގުތައް ގެއްލޭ ގޮތަށް މަސައްކަތް ކުރުވައިގެން އުފައްދާ ބާވަތްތައް ބޭނުން ކުރަން ކޮންމެވެސް ވަރަކަށް ޖެހިލުންވާނެ ބަޔަކު ވެސް އުޅޭނެކަން ޔަގީނެވެ. 

ކޮމެންޓް (14)

ޙަހާ

14 ޑިސެމްބަރު 2022
ޔަގީނޭ ޔޫރަޕްގެ ކޮންމެވެސް އާޓިކަލްއަކުން ތަރުޖަމާކޮށްފަކަން!! ބުނާނެ ތުރުކީވެސް ކޮރަޕްޝަނޭ އެވެނި މިވެންޔޭ .. އެމީހުންނަކީ އެމީހުންގެ ހަބަރުތަކުގަ އަރަބި އަލިފު .. އެހެން ވާދަވެރިންނަކީ ދިވެހި އަލިފު.. އެވަރިހަމަ އެމީހުން ތަރައްގީވެފަ އޮތީ ދުނިޔެ ފެލައިން ކަމުގަވިޔަސް މީހުންނަށް ކޮންޗެއް އެނގޭނީ .. މަގްބޫލު ނޫސް އިދަރާތައްވިއްޔާ!!
0 0

ފާސްޓް ޕްރޮޕެގެންޑާ

3 ޑިސެމްބަރު 2022
ވިޔަފާރީގަ ދުނިޔޭގެ ހުރިހާ ކުންފުނިތަކުންވެސް މަސައްކަތް ކުރަނީ ވީހާވެސް ގިނައިން މުދާ ވިއްކަން. "ފާސްޓް ފެޝަން" އާ ދެން ހުރި ބައެއްގެ ތަފާތަކީ އެއްބައެއްގެ އެއްޗިހި ދުނިޔޭގެ ގިނަ ބަޔަކަށް އެފޯޑަބަލްވެފަ ގިނައިން ވިކޭކަން. އެކަން ހަޖަމް ނުވެގެން ފާސްޓް ފެޝަނޭ ކިޔާފަ ޕްރޮޕެގެންޑާ ފަތުރަނީ.
1 0

ތިމާވެށި

2 ޑިސެމްބަރު 2022
ދިވެހި ރާއްޖޭގެ ރިޒޯޓުތަކުގަވެސް ހަމަ ތިހާލު، މަތީފަނތީގެ ރިޒޯޓުތަކުން ނަނަގުނާލެވޭ ހުރިހާ ރިޒޯޓެއްގެވެސް ދުވާލަކު 10 ނޫނީ 14ގަޑި އިރު އޯވަރޓައިމް ނުދީ މަސައްކަތް ނުކުރުވާ ރިޒޯޓެއް މަދުވާނެ. ޤާނޫނު މަދީކީއެއްނޫން. މިދިޔަ ހަފުތާއަކީ ލޭބާރ އޮތޯރިޓީން ގިނަ ރިޒޯޓުތައް އޮޑިޓް ކުރި ހަފުތާއެއް، ރިޒޯޓުތަކުގެ އެޗްއާރުތަކުން ތައްޔާރުކޮއްފައިހުންނަ ރިޕޯޓުފިޔަވައި އިތުރު ކަމެއް ބަލާލީކީއެއްނޫން. ޤާނޫނުގަ އޮންނަ 55-45 އޮތް އެއްވެސް ރިޒޯޓެއް ނެތެކޭ ބުނުމަކީ ދޮގަކަށް ނުވާނެ. އަނދިރި ފަރާތް އޮތީ ޝީއިންގެ އެއްނޫން މިއޮތް ރަނބިސްއަޅާ ކުކުޅުގެ އަނދިރިފަރާތް މަބޮޑަށްވެސް އަނދިރި.
5 0

ޑޯލީ ގާލް

2 ޑިސެމްބަރު 2022
މި އާޓިކަލް އަކީ ނަން މަޝްހޫރު އިނގިރޭސި ނޫހެއްގެ އާޓިކަލް އެއް މިހެން ދިވެހި ބަހައް ތަރުޖަމާ ކުރިޔަސް އޮރިޖިނަލް އާޓިކަލް އަށް ކްރެޑިޓް ދޭން ޖެހޭނެ. ލަދުވެތި!
6 1

ނުސަކީމްދޯ

2 ޑިސެމްބަރު 2022
ރާެއްޖޭގަ ވެސް ދޮންކޭލަށާއި ކަރާ އަދި ފަޅޮލަށް ހެސް ކިޔާފަ ކެމިކަލް ޖަހާ. އެއީ އަދި ކާ އެއްޗެހި. މާބަނޑު އަންހެނުންނާއި ކުޑަކުދިން ގިނައިން މިއެއްޗެހި ކާނީވެސް
5 0

އޭދަފުށި

2 ޑިސެމްބަރު 2022
ހަޖަމް ނުވީދޯ
5 0

ޕްރޮޕެގެންޑާ

2 ޑިސެމްބަރު 2022
ވާދަ ނުކުރެވުނީމަ ޕްރޮޕެގެންޑާއާ ފޭކް ހަބަރު ފަތުރައިގެން ކޮމްޕެޓިޝަން ދުއްވާލުމަކީ ހުޅަނގުގެ ނަމުން ފްރީ މާކެޓް ކެޕޓަލިޒަމް. މިވެސް ޗައިނާއާ ދެކޮޅަށް ފަށައިގެންއުޅޭ ފިނި ހަނގުރާމައިގަ އެމީހުންގެ އިންޓަނޭޝަނަލް ބޮޑެތި ވިޔަފާރިތައް ފުނޑާލުމުގެ ކެމްޕެއިން ތެރެއިން ބައެއް. ޓިކްޓޮކް، ވާވޭ، ޒެޑްޓީއީ، ޒޫމް، ޝީއިން، ޑީޖޭއައި، ޝައޯމީ މިހެންގޮސް އަދިވެސް އެތައް ބައިވަރު ވިޔަފާރިތަކަށް ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން. މިވަރު ނުވިސްނޭނީ ދުނިޔޭގަ މިހާރު ހިނގަމުންދާ ކަންކަމުގެ އެއްވެސް ވާނުވާއެއް ނޭނގޭ ބަޔަކަށް. ހުޅަނގުގެ ބޮޑެތި ފެޝަން ބްރޭންޑަތުގެ ގިނަ މުދާ އުފައްދަނީ ވިއެޓްނާމާ ބަންގްލަދޭޝްއާ އިންޑިޔާގަ ތިއަށްވުރެ މާ ބޮޑުތަނުން ހާލުދެރަ ފެކްޓްރީ ތަކުގަ. އެވާހަކަ ލިޔެބަލަ.
7 1

ސަޕޯޓް ޝެއިން

2 ޑިސެމްބަރު 2022
މުވައްޒަފުން ލައްވާ އެމީހުންގެ ހައްގުތައް ގެއްލޭ ގޮތަށް މަސައްކަތް ކުރުވުމަކީ އެމީހުނާއި އެމީހުންގެ ގައުމުން ބަލަންޖެހޭ ކަމެއް މަށައް ކޮންކަމެއް. އަހަރުން ބަލާނީ ފައިނަލް ޕުރޮޑަކްޓްއަށް
2 2

ޖަމްޖަމް

2 ޑިސެމްބަރު 2022
މީހަކު ކަމަށާއި މެދު ހަމަ އެއްޗެ ލިޔާއިރަކަށް ތެޅި ނުގަނެ މާ ސަޅިވާނެ ތިމާ އަމިއްލަޔަ މި އާޓިކަލުން ދޭހަވި އެއްޗެއްގެ ހަގީގަތް އަމިއްލަޔަ ހޯދާފަ ވާނުވާ އެގިގެން، ތިކިޔާ އެއްޗެ ކީއްޔާ، މިޒަމާނުގަ ވާނުވާ ބެލެންއޮންނަ އިރު އަދި ތެޅޭކަ ނުޖެހޭ ދޯ، ތީ ނާތަހުޒީބު މީހުންގެ ވިސްނުން ކަމެއްގެ ދެކޮޅު ނުބަލާ ހަމަ މީހަކު ބެރެއްޖަހާލާ އަޑު އިވޭއިރައް ނަށަން ތިފަށަނީ..
6 0

އިބްރާހީމް

2 ޑިސެމްބަރު 2022
@ޖަމްޖަމް ތެޅެނީކީ ނޫން. މަށަށް ކީ މަށަކީ ޝެއިން އިން އެއްޗެހި ގަންނަ މީހެއް ނޫން. އެހާވަރަށް ގޯސްވެ، ނުރައްކާ ވާ ވަރަށް ކެމިކަލް ހުންނަންޏާ އެ އެއްޗެހި ރާއްޖޭގައި ބޭނުން ކުރެވިގެން ނުވާނެ. އެެ އެއްޗެހި ޝިޕް ކުރެވިގެން ނުވާނެ. ރަސްމީ ސިފައެއްގައި އެ ވާހަކަ ތައް އެނގެން ޖެހޭނެ
2 3

ހަޖަމް

2 ޑިސެމްބަރު 2022
ބަޔަކަށް ހަޖަމު ނުވަނީ.
13 3

އިބްރާހީމް

2 ޑިސެމްބަރު 2022
އަސްލެއްތަ ނޫނީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭތީ، ވިޔަފާރިވެރިން ކަންބޮޑުވާތީ، ސުޕޮންސަރެއް ބުނެގެން ލިޔެލީތޯ.
22 7

އަހްމަދު ނިޒްވީން

2 ޑިސެމްބަރު 2022
@އިބްރާހީމް މީ ހަގީގީ ވާހަކައެއް. މި އާރޓިކަލްގައި ނެތް އެތަކެއް ބައިވަރު ކަންތައްތަކެއްވެސް ޟިންގެ ފެކްޓްރީ ތަކުގައި ހިންގާފައިވާ ކަމަށް ޗައިނާގެ ރައްޓެހިން އަޅުގނޑު ކައިރީ ކުރިންވެސް ދައްކާފައި އެބަހުރި.
2 6

ޙަހަހަ

2 ޑިސެމްބަރު 2022
@އިބްރާހީމް ތިކަހަލަ ކިިތަށްކަންތައްް. މި ރާއްޖޭގަ ހިގާ ކައްތަށް ބަލާފަ ރިޕޯރޓެއް ހަދާބަލަ
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް