Majlis 2024

އަނަންޔާ ޕާންޑޭ، ޑިއޯގެ އިންޑިއާއަށް ހާއްސަ އަތްދަބަހާ އެކު

ފެޝަން

އަނަންޔާ ޕާންޑޭއާ އެކު ޑިއޯ އިން އިންޑިއާއަށް ހާއްސަ އަތްދަބަހެއް ތައާރަފްކޮށްފި

މި ދަބަސް ވިއްކާނީ މުމްބާއީ އާއި ނިއު ދިއްލީގެ ޑިއޯ ފިހާރައިން

އިންޑިއާގެ މާކެޓަށް ހާއްސަ އެއްޗެއްގެ ގޮތުގައި، ޑިއޯގެ ފިނި މޫސުމުގެ 2023 ރަންވޭ ޝޯގެ ޕްރިންޓެއް ހިމެނޭ އަތްދަބަހެއް ތައާރަފްކޮށްފި އެވެ. މި ހޭންޑްބޭގް ލޯންޗުކުރީ ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭއާ އެކުގަ އެވެ.

އަނަންޔާ ޕާންޑޭ ޑިއޯގެ އަތްދަބަހާ އެކު

މި އަތްދަބަސް އިންޑިއާގައި ރީޓެއިލްކޮށް ވިއްކާނީ ތާޖް މަހަލް ޕެލަސް ހޮޓެލް މުމްބާއީގެ ޑިއޯ ބުޓީކް އާއި ނިއު ދިއްލީގެ ޑީއެލްއެފް އެމްޕޯރިއޯ މޯލްގައި ހުންނަ ޑިއޯ ބުޓީކް އިން ކަމަށް ވޯގް އިންޑިއާ އިން ބުންޏެވެ.

އަނަންޔާ ޕާންޑޭ ޑިއޯގެ އަތްދަބަހާ އެކު

އެ ބްރޭންޑުގެ ސިގްނޭޗާ 'ލޭޑީ ޑިއޯ' ގޮތަށް ފަރުމާކޮށްފައިވާ ހޭންޑްބޭގްގައި 'ޑިއޯ' ރަން ކުލައިގެ ޗާމްސް އިން ޒީނަތްތެރިކޮށްފައި ވެ އެވެ. މި ދަބަސް ލިބެން ހުންނާނީ މަދު މިންވަރަކަށެވެ.

އިންޑިއާގެ މާކެޓަށް ޑިއޯގެ ސަމާލުކަން އިތުރުކުރަމުން އަންނައިރު މުމްބާއީގެ ގޭޓްވޭ އޮފް އިންޑިއާގައި ޑިއޯގެ ފިނިމޫސުން 2023 ރަންވޭ ޝޯ މާޗު މަހުގެ 31 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. މިއީ ޑިއޯ އިން ގިނަ އަހަރުތަކެއް ވަންދެން ޕާޓްނާޝިޕް ހަދާފައިވާ އިންސްޓިޓިއުޓެއް ކަމަށްވާ ޗަނަކްޔާ ސްކޫލް އޮފް އާޓްއާ ގުޅިގެން ހުށަހަޅައިދިން ކަލެކްޝަނެކެވެ. މި ކަލެކްޝަންގެ ގިނަ ވިޔުންތަކާއި މަންޒަރުތައް އަދި ހޭންޑް އެމްބްރޮއިޑަރީ ހަދާފައިވަނީ އެ ސުކޫލުގެ ފަންނުވެރިންނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް