ނީރަޖް ގައިވާން (ވ2) ޑައިރެކްޓްކޮށް، އިޝާން ހައްތަރް (ކ) އާއި ވިޝަލް ޖެތުވާ (ވ) ލީޑް ރޯލުން ފެނިގެންދާ 'ހޯމްބައުންޑް'ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މާޓިން ސްކޯސޭޒީ (ކ2) މަސައްކަތްކުރި.

އޮސްކާ އެވޯޑްސް

މާޓިން ސްކޯސޭޒީއާ އެކު އިންޑިއާގެ 'ހޯމްބައުންޑް' އޮސްކާއަށް

އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓެގަރީއަށް އިންޑިއާއިން ހުށަހަޅަން ހޮވާފައިވާ 'ހޯމްބައުންޑް'ގެ ލީޑް ތަރިންނަކީ އިޝާން ހައްތަރް އާއި ވިޝަލް ޖެތުވާ
19 ނޮވެމްބަރު 2025

ކުރިއަށް އޮތް އޮސްކާ އެވޯޑްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް އިންޑިއާއިން ހުށަހަޅަން ހޮވާފައިވާ 'ހޯމްބައުންޑް'ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހޮލީވުޑް ލެޖެންޑް މާޓިން ސްކޯސޭޒީ މަސައްކަތްކޮށްފައިވެ އެވެ. އޭނާ ވަނީ މި މަހުގެ ކުރީކޮޅު ނިއު ޔޯކްގައި މި ފިލްމުގެ ހާއްސަ ސްކްރީނިންއެއް ބާއްވައި، ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

'ހޯމްބައުންޑް'ގައި ލީޑް ރޯލް ކުޅެފައިވަނީ އިޝާން ހައްތަރް އާއި ވިޝަލް ޖެތުވާ

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް ބެނާގެ ދަށުން ނީރަޖް ގައިވާން ޑައިރެކްޓްކޮށް، ވިޝަލް ޖެތުވާ އާއި އިޝާން ހައްތަރް އަދި ޖާންވީ ކަޕޫރު ފެނިގެންދާ 'ހޯމްބައުންޑް' އުފައްދާފައިވަނީ ނިއު ޔޯކް ޓައިމްސްގައި ޝާއިއުކުރި ހަގީގީ ވާހަކައަކަށް ބިނާކޮށެވެ.

އެ ފިލްމުން ދައްކަނީ ކުޑައިރުންސުރެ ރަހުމަތްތެރި މުސްލިމަކާއި (އިޝާން ހައްތަރު) ދަލިތު މީހަކު (ވިޝަލް ޖެތުވާ)، އެ ދެ މީހުން ނިސްބަތްވާ ދީނާއި ނަސްލުގެ ސަބަބުން ނުލިބި އޮތް އިންސާނީ ކަރާމާތް ލިބިގަތުމުގެ އުއްމީދުގައި ފުލުހުންގެ ވަޒީފާގެ ޓެސްޓުން ފާސްވާން ކުރާ މަސައްކަތެވެ.

މި އަހަރުގެ ކާން ފިލްމް ފެސްޓިވަލްގައި މި ފިލްމު ޕްރިމިއާކުރި އިރު، ފިލްމު ދައްކާ ނިމުމާ އެކު ނުވަ މިނިޓްގެ 'ސްޓޭންޑިން އޮވޭޝަނެއް' ލިބުނު ކަމަށް ހަބަރުތައް ބުނެ އެވެ.

'ހޯމްބައުންޑް' ނިއު ޔޯކްގައި ދެއްކި އިރު ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައި ސްކޯސޭޒީ ބުނިގޮތުގައި 'ހޯމްބައުންޑް' އަކީ އޭނާއަށް ވަރަށް ކަމުދާ އަދި އޭނާ އެތައް ފަހަރަކު ބަލާފައިވާ ފިލްމެކެވެ. އަދި އެމެރިކާގެ އޯޑިއެންސަށް އެ ފިލްމު ފެނިގެންދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ތަޖުރިބާކާރު ޑައިރެކްޓަރު ބުންޏެވެ.

'ހޯމްބައުންޑް' ބައްޓަން ކުރުމުގައި ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ފިލްމުގެ ޑައިރެކްޓަރު ނީރަޖް ގައިވާން ސްކޯސޭޒީއަށް ޝުކުރު އަދާކުރި އެވެ.

މި ފިލްމު އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް