ނެޓްފްލިކްސް 'ޓޫ ގްރޭވްސް'ގެ މަންޒަރެއް

ޓީވީ ސިލްސިލާ

'މަނީ ހައިސްޓް'ގެ ޕްރޮފެސަރު އުޅޭ އާ ޝޯއެއް ނެޓްފްލިކްސްއަށް

މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި 'މަނީ ހައިސްޓު'ގެ ތަރި އަލްވާރޯ އެންޓޯނިއޯ ޕެރެޒް ފެންނަ 'ޓޫ ގްރޭވްސް' އަކީ ލިމިޓެޑް ސީރީސްއެއް
29 އޯގަސްޓު 2025

ގިނަ ބައެއްގެ ސަމާލުކަން ހޯދި ސީރީސް 'މަނީ ހައިސްޓް'ގައި ޕްރޮފެސަރުގެ ބައި ކުޅޭ އަލްވާރޯ އެންޓޯނިއޯ ޕެރެޒް އުޅޭ އާ ސީރީސްއެއް ނެޓްފްލިކްސް އިން ދައްކަން ފަށައިފި އެވެ.

'ޓޫ ގްރޭވްސް' އަކީ ރިވެންޖް ތުރިލާ ޖޯންރާގެ ލިމިޓެޑް ސީރީޒް އެކެވެ.

'ޓޫ ގްރޭވްސް'ގެ މަންޒަރެއް

ސީރީސް ފަށަނީ 16 އަހަރުގެ ދެ އަންހެންކުދިން ކަމުގައިވާ ވެރޮނިކާ އާއި މާޓާ ގެއްލިގެން ހޯދުމަށް ކުރާ މަސައްކަތް ނާކާމިޔާބުވާ ހިސާބުންނެވެ.

ހެކި ނެތް ކަމަށް ބުނެ، ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާލަ އެވެ. ނަމަވެސް މިތަނުން އެއް ކުއްޖެއްގެ މާމަ އިޒަބެލް މި ކޭސް އަމިއްލައަށް ތަހުގީގު ކުރަން ފެށުމާ އެކު ބަދަލުހިފަން ބޭނުންވެ، ދެން ކަން ހިނގާ ގޮތް ސީރީސްގައި ދައްކަ އެވެ.

ނެޓްފްލިކްސްގެ ސިލްސިލާ 'ޓޫ ގްރޭވްސް'ގެ މަންޒަރެއް

އަލްވާރޯ ފެނިގެންދަނީ ގެއްލިގެން ހޯދާ އެއް ކުއްޖެއްގެ ބައްޕަ ރަފައެލްގެ ރޯލުންނެވެ. އޭނާ މި މާމައާ އެކު، ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރުމަށް، އަމިއްލަ ތަހުގީގެއް ހިންގަން ފަށަ އެވެ.

'ޓޫ ގްރޭވްސް'ގެ މަންޒަރެއް

ޕްރޮޑިއުސަރު އޮގަސްޓިން މާޓިނެޒް ބުނާގޮތުގައި މިއީ ގިނަ ޖަޒުބާތުތަކެއް ހިމެނޭ އަދި ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުތައް ގިނަ ސީރީސްއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް