'ލޯބިން...؟' ފިލްމުގެ މަންޒަރެއް
'ލޯބިން'ގެ ޓްރެއިލާ ހީކުރި ގޮތަކަށް ނޫން ދޯ؟
އަންނަ 6 އޮގަސްޓްގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާ ދިވެހި ފިލްމް 'ލޯބިން'ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
މައިޝާ އާދަމް (ތާތި)، އަހުމަދު އިފްނާޒް ފިރާގު އަދި އަހުމަދު ޝާރިފް މައިގަނޑު ރޯލުތައް ކުޅޭ 'ލޯބިން'ގެ ޓްރެއިލާ ހީކުރި ގޮތެއް ނޫނެވެ. ޓިޕިކަލް ލަވް ސްޓޯރީއެއްގެ ބަދަލުގައި ފެނުނީ ހީވެސް ނުކުރާހާ މަންޒަރުތަކެކެވެ.
ޓްރެއިލާ އިން ފެނުނީ ހަށިވިއްކަން މަޖުބޫރުވެފައިވާ އަންހެނެއްގެ ވާހަކަހެން ހީވެ އެވެ. އެކަމަކު އެންމެ ބޮޑަށް އަޅައިގަތީ މައިޝާގެ އެކްޓިން އެވެ. އޭނާގެ ޖަޒުބާތުތައް ދައްކާލާފައި ހުރިލެއް ފުރިހަމަ އެވެ. ކޮންމެ ހާލަތަކާ ގުޅޭ ގޮތަށް އޭނާގެ މޫނަށާއި އަޑަށް އަންނަ ކުލަވަރުން މިހާރު ވެސް މި ފިލްމު އިތުރަށް ބަލާ ހިތްވެއްޖެ އެވެ.
ގާތްގަނޑަކަށް ދެ މިނެޓެއްހާ ދިގު މި ޓްރެއިލާއިން ހިތްގައިމު ދެ ލަވައެއް އަޑުއިވެ އެވެ.
'ލޯބިން'ގެ އެއް ބަތަލު އިފްނާޒްގެ ލަވަ 'ލޮލުގެ ޖަޒުބާތުން' ބެލުންތެރިންނަށް ފިލްމުގެ ޕްރޮމޯގެ ގޮތުގައި މިފަހުން ވަނީ ދައްކާލައިފަ އެވެ. އަދި އިތުރު ލަވައެއް ނެރޭނެ ކަމަށް 'ލޯބިން'ގެ ޓީމުން ބުނެފައިވެ އެވެ. އެހެންކަމުން ދެން އިވޭނީ މި ޓްރެއިލާ އިން އަޑުއިވުނު ލަވައެއްތޯ އެއީ ކުރަން ރަނގަޅު ސުވާލެކެވެ.
އައިފިލްމްސް އާއި ލައިޓްސް އައުޓް ޕްރޮޑަކްޝަން، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ޕެންޑިއުލަމް އިންވެސްޓްމަންޓް ގުޅިގެން އުފައްދާ ފިލްމު އަޅުވަން މަހަކަށް ވެފައިވާ އިރު މިހާރު ފުރަތަމަ ތިން ޝޯގެ ޓިކެޓް ވިއްކަން ވަނީ ފަށައިފަ އެވެ.
މިއީ އާދައިގެ ލަވް ސްޓޯރީއަކަށް ވުރެ މާނަ ފުން ފިލްމަކަށް ވާނެކަން މިހާ ހިސާބުން ޔަގީނެވެ.
ކޮމެންޓް (1)
ހަމްދު