ޓޮމް ކްރޫޒްއަށް ލިބޭ ފުރަތަމަ އޮސްކާއަކީ ޝަރަފުވެރިކަމުގެ އެވޯޑެއް

ހޮލީވުޑް

ޓޮމް ކްރޫޒަށް އެންމެ ފަހުން ޝަރަފުވެރި އޮސްކާއެއް ދެނީ

ޓޮމް ކްރޫޒް އޮސްކާ އެވޯޑަކަށް ފުރަތަމަ ނޮމިނޭޓްވިތާ 35 އަހަރުވީއިރު ވާދަވެރި އޮސްކާއެއް ލިބިފައެއް ނުވޭ

އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ 16 ވަނަ އަހަރީ ގަވަރުނަރުންގެ އެވޯޑްސްގެ ޝަރަފުވެރިންގެ ތެރޭގައި އެކްޓަރު ޓޮމް ކްރޫޒް ހިމެނިއްޖެ އެވެ.

މިއީ ޓޮމް ކްރޫޒް އޮސްކާ އެވޯޑަކަށް ފުރަތަމަ ނޮމިނޭޓްވިތާ 35 އަހަރު ފަހުން އޭނާއަށް ދޭ ފުރަތަމަ އެކެޑެމީ އެވޯޑެވެ. އެކްޓިން އާއި ޕްރޮޑަކްޝަން ރޯލުތަކުން ހަތަރު ފަހަރެއްގެ މަތިން ނޮމިނޭޓްވި ނަމަވެސް ('ބޯން އޮން ދަ ފޯތު އޮފް ޖުލައި'، 'ޖެރީ މެގުއަޔާ'، 'މެގްނޯލިއާ' އަދި 'ޓޮޕް ގަން: މެވްރިކް') އޭނާއަށް ވާދަވެރި އޮސްކާއެއް ލިބިފައެއް ނުވެ އެވެ.

އެކެޑެމީ އެވޯޑްސްގެ ރައީސް ޖެނެޓް ޔެންގް ވަނީ ފިލްމު އުފެއްދުމުގެ ދާއިރާ އާއި ތިއޭޓަރުގެ ތަޖުރިބާ އާއި ސްޓަންޓް ހެދުމުގެ ރޮނގުން ކްރޫޒް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ. 

ޓޮމް ކްރޫޒްގެ ފާހަގަކޮށްލެވޭ ބައެއް ސްޓަންޓްތައް

ހޮލީވުޑްގެ އެންމެ އަލިގަދަ ތަރިން އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ކްރޫޒްއަކީ އޭނާގެ ފިލްމުތަކުގައި އަމިއްލައަށް ނުރައްކާތެރި ސްޓަންޓްތައް ހެދުމަށް މަޝްހޫރު ފަންނާނެކެވެ. ހާއްސަކޮށް އޭނާގެ 'މިޝަން: އިމްޕޮސިބަލް' ސިލްސިލާގެ ފިލްމުތަކުން އެކަން ވަރަށް ބޮޑަށް ދައްކައިދެ އެވެ.

ޓޮމް ކްރޫޒްގެ ފާހަގަކޮށްލެވޭ އެހެނިހެން ފިލްމުތަކުގެ ތެރޭގައި 'ރިސްކީ ބިޒްނަސް'، 'އަ ފިއު ގުޑް މެން'، 'އިންޓަވިއު ވިތު ދަ ވެމްޕަޔާ'، 'އައިޒް ވައިޑް ޝަޓް' އަދި 'ވެނީލާ ސްކައި' ހިމެނެ އެވެ.


ޓޮމް ކްރޫޒްގެ އިތުރުން ކޮރިއޮގްރާފަރު އަދި ބަތަލާ ޑެބީ އެލެން، ޕްރޮޑަކްޝަން ޑިޒައިނަރު ވިން ތޯމަސް އަދި ކަންޓްރީ މިއުޒިކް ލެޖެންޑު ޑޮލީ ޕާޓޮންއަށް ވެސް ޝަރަފުވެރިކަމުގެ އޮސްކާ އެވޯޑް ދޭން ވަނީ ނިންމާފައި.

ޓޮމް ކްރޫޒް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމު އިންޑަސްޓްރީއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

ޓޮމް ކްރޫޒްގެ އިތުރުން ކޮރިއޮގްރާފަރު އަދި ބަތަލާ ޑެބީ އެލެން، ޕްރޮޑަކްޝަން ޑިޒައިނަރު ވިން ތޯމަސް އަދި ކަންޓްރީ މިއުޒިކް ލެޖެންޑު ޑޮލީ ޕާޓޮންއަށް ވެސް ޝަރަފުވެރި އޮސްކާ ދޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.

މި ހަތަރު ފަންނުވެރިންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު ވާ އާދީއްތަ ދުވަހު އޮވޭޝަން ހޮލީވުޑްގެ ރޭ ޑޮލްބީ ބޯލްރޫމްގައި ބާއްވާ އެކެޑެމީގެ 16 ވަނަ ގަވަނާސް އެވޯޑްސް އިވެންޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް