ޑާކްރެއިން އެންޓަޓެއިންމަންޓް ގެ ފިލްމް ބިބީގެ ޕޯސްޓަރެއް: މި ފިލްމު އަޅުވާނީ 7 އޮކްޓޯބަރުގައި
ބިބީ ޖަހާކަށް ނޫން، ދާންވީ ބިބީ ބަލަން
ތާސްބައި ނަގައި ބިބީއެއް ޖަހަންވީއެއް ނޫނެވެ. ތައްޔާރުވާންވީ ދިވެހި ފިލްމީ އިންޑަސްޓްރީގައި 18 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ސްޓޫޑިއޯ ޑާކްރެއިން އެންޓަޓެއިންމަންޓުން 7 އޮކްޓޫބަރުގައި ޕްރިމިއާކުރާ ފިލްމު ބިބީ ބެލުމަށެވެ.
މިއީ ދިވެހިން އެންމެ ބަލާހިތްވާ އެއް ޖޮންރާ ކަމުގައިވާ ބިރުވެރި ފިލްމު ކެޓަގަރީއަށް ފެތޭ ފިލްމެކެވެ. ޑާކްރެއިންއިން ބުނާ ގޮތުގައި ބިބީއަކީ ހަމައެކަނި ބިރުވެރި ފިލްމެއް ނޫނެވެ. އޭގައި ކޮމެޑީ ވެސް ހިމެނޭނެ އެވެ.
ބިބީގެ ޓީމުން ބުނަނީ މި ފިލްމުން ހޭން ބޭުނުންވާ މީހުންގެ 'ބަނޑަށް ގޮޅި އަޅާ' ވަރަށް ހެއްވާލާނެ ކަމަށެވެ. ބިރުން އުޅޭ މީހުން ބިރުން ފިތްކަނޑުވާލާނެ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ. އެހެންވެ މިއީ އޯޑިއަންސް ގަޔާވާނެ ކަހަލަ ޖޯންރާއެއްގެ 'މަސްހުނިގަނޑަކަށް' ވެދާނެ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި ވާހަކަ ލިޔުންތެރިޔަކީ ޝަހުދާ މަހުމޫދު އެވެ. މިއީީ އޭނާ ލިޔެ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ތިބީ ވަރުގަދަ ތަރިންނެވެ. ލީޑް ރޯލުން ފެންނާނީ ޝަހުދާގެ ފިރިމީހާ އަދި ޒުވާން އެކްޓަރު ޝަރަފު އަބްދުﷲ އެވެ. އަންހެން ލީޑް ތަރިޔަކީ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ތަޖުރިބާކާރު ތަރިން ކަމަށްވާ ޝީލާ ނަޖީބު އާއި އަހުމަދު ސައީދު އަދި މަރިޔަލް ހަލީމް ވެސް ހިމެނެ އެވެ.
ބިބީގެ ޕްރޮމޯޝަންގެ ގޮތުގައި ފިލްމުގެ އެއް ލަވަ 'ލާލު ބިބީ' މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ސިމްބޮލިކް ރެކޯޑްސްގެ ލޭބަލްގެ އާޓިސްޓް މުހައްމަދު ނަބީލް ނިޔާޒް (ޓޯއި) ކިޔާފައިވާ ލަވައެކެވެ.
ލާލު ބިބީ ލަވައިން ފިލްމުގައި ފެންނަ އަންހެން ތަރިންނާ އެކު އަޝްފާ އާއި ނަބީލް އަދި ފިލްމުގެ ލީޑް ފިިރިހެން ތަރި ޝަރަފް ވެސް ހިމެނެ އެވެ. މި ލަވައިގެ ޅެން ހަދާފައިވަނީ ނަބީލް އެވެ.
ދެން އޮތީ ފިލްމަށް ދާން ގުރޫޕް ހަދާފައި އެންމެން އެއްކޮށް ޓިކެޓް ނެގުމެވެ. ބިބީ ޖަހާކަށް ނޫނެވެ. ބިބީ ބަލާށެވެ.
ކޮމެންޓް (3)
ޢިރާ
ައަސްލު ކިޔަނީ އީމާން
ހަމްކޮ