ސްކައިރޮކްގެ ވޯކަލިސްޓް ސްޓޭޖެއްގައި ލަވަ ކިޔަނީ: 'ރެނާޓަސް އެރައިޒް' އިން ފެންނާނެ ބޭންޑްތަކުގެ ތެރޭގައި ސްކައިރޮކް ހިމެނޭ (ފޮޓޯ/ސްކައިރޮކް/ފޭސްބުކް)
'ރެނާޓަސް އެރައިޒް' މިއުޒިކް ޝޯ ހުކުރު ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައި
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާވަމުން އަންނަ ކުންފުނި ރެނާޓަސްގެ ފަރާތުން 'ރެނާޓަސް އެރައިޒް'ގެ ނަމުގައި ލައިވް މިއުޒިކް ޝޯއެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ އޮންނަ މި ޝޯގައި ރާއްޖޭގެ ކުޅަދާނަ މިއުޒިކް ފަންނާނުން ފެނިގެންދާނެ ކަމަށް ރެނާޓަސް އިން ބުންޏެވެ. ގަދީމީ ދިވެހި ރަހައިގައި ޒަމާނީ ކުލަ ޖައްސައިގެން ލަވަ ހުށަހަޅާ ބޭންޑްތަކާއި ބޯހޫރުވާލަން ކަމުދާ ދިވެހި ލަވަ ކިޔާ ބޭންޑް އަދި ދިވެހި ޕޮޕް ރޮކް ބޭންޑަކާއި ބޮޑުބެރުގެ ފޯރި 'ރެނާޓަސް އެރައިޒް'ގެ ސްޓޭޖުން ފެނިގެންދާނެ އެވެ.
މި ޝޯގެ ބޭންޑްތަކުގެ ތެރޭގައި ހިމެނެނީ:
-
ސްކައިރޮކް
-
ޓްރެފިކް ޖޭމް
-
ރެވިއޯ
-
ބޮޑުބެރު ގުރޫޕް 1438
ހިލޭ ވަދެވޭ މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30ގަ އެވެ.
ރެނާޓަސް އިން ބުނީ މި ޝޯގައި ވަރަށް ހާއްސަ ކަމެއް އިއުލާން ކުރުން ވެސް އޮންނާނެ ކަމަށެވެ.
ކޮމެންޓް (1)
މީމަ