ދިވެހި ފިލްމު 'ނީނާ'ގެ ޕޯސްޓަރެއް: މީޑިއާނެޓް ވީޑިއޯކްލަބް މެދުވެރިކޮށް މި ފިލްމު މިހާރު ބަލައިލެވޭނެ.

މީޑިއާނެޓް

އިޖުތިމާއީ މުހިންމު މެސެޖުތަކާ އެކު 'ނީނާ' މީޑިއާނެޓް ވީޑިއޯކްލަބަށް

މި ފިލްމުން ގެވެށި އަނިޔާ ފަދަ، ދިވެހި މުޖުތަމައުގައި އަންހެނުން ކުރިމަތުލަމުންދާ ބޮޑެތި މައްސަލަތައް ދައްކުވައިދޭ
10 މާރިޗު 2024

'ނީނާ'އަކީ މިދިޔަ އަހަރު އެންމެ ވިދުންގަދަ އެއް ދިވެހި ފިލްމެވެ. އޮލިމްޕަސް ސްކްރީނުގައި ފިލްމު ބެލި ގިނަ ބަޔަކު އޮއްސަމުންދިޔަ ތައުރީފުގެ ބަސްތަކުން މިކަމަށް ހެކި ދެ އެވެ.

އޮގަސްޓު 2023ގައި ރިލީޒްކުރި 'ނީނާ' އަދި ނުބަލާ މީހުންނަށާއި އަލުން މި ފިލްމު ބަލައިލުމަށް ކެތްމަދުވެފައިވާ މީހުންނަށް މީޑިއާނެޓްގެ އުފާވެރި ހަބަރެއް އެބައޮތެވެ. މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ޓީވީ އަދި ސްމާޓްފޯނުން ކޮންމެ ވަގުތަކު ވެސް މި ފިލްމު މިހާރު ބަލައިލެވޭނެ އެވެ.

ޕްލޮޓް

އައި ފިލްމްސް އިން ޕްރޮޑިއުސްކޮށް އިލްޔާސް ވަހީދު (އިއްލެ) ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ނީނާއަކީ ގިނަ ދިވެހިންގެ ހިތްތަކާ ކުޅެލާ ފަދަ ޝައުގުވެރި ވާހަކައެއްގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ކާމިޔާބު އަދި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަންހެނެއް އޭނާއަށް ކުރިމަތިވާ ފިތްކަނޑައިގެންދާ ފަދަ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާ ފިސާރި ކެރޭ ގޮތެވެ.

މިއީ ގެވެށި އަނިޔާ ފަދަ، ދިވެހި މުޖުތަމައުގައި އަންހެނުން ކުރިމަތުލަމުންދާ ބޮޑެތި މައްސަލަތައް ދައްކުވައިދޭ، އިޖުތިމާއީ މުހިންމު މެސެޖުތަކެއް ހިމަނާފައިވާ ފިލްމެކެވެ.

ކާސްޓް

ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދުނިޔޭގައި އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. މި ފިލްމުގައި ނުޒޫގެ އެކްޓިން އަކީ މިފަހުން ނިކުތް ފިލްމެއްގައި އަންހެން ފަންނާނެއްގެ ފަރާތުން ފެނުނު އެންމެ ތަފާތު މޮޅު އެކްޓިން ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ.

ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ މަގްބޫލު އެއް އެކްޓަރު ޝަރަފް އަބްދުﷲ އެވެ.

އިތުރު ރޯލުތަކުން ތަޖުރިބާކާރު އެކްޓަރުން ކަމުގައިވާ މަރިޔަމް ޝަކީލާ އާއި މަރިޔަމް ރަޝީދާ ވެސް ފެނިގެންދާނެ އެވެ. އަދި ނުބައިބައި މީހެއްގެ ރޯލުން ހަމްދާން ފާރޫގްގެ އެކްޓިން ވެސް ފެނިގެންދާނެ އެވެ.

މީޑިއާނެޓް ވީޑިއޯކްލަބް

'ނީނާ'އާ އެކު ވީޑިއޯކްލަބްގެ ހިދުމަތަށް އިތުރު މުއްސަނދިކަމެއް ވަނީ ލިބިފަ އެވެ. މިއީ އެންމެ ފަހުގެ އަދި އެންމެ މަގްބޫލު ދިވެހި އަމިއްލަ އުފެއްދުންތައް ފަސޭހަކަމާ އެކު ޓީވީ އަދި މޯބައިލް ސްކްރީންތައް މެދުވެރިކޮށް ބަލައިލެވޭނެ ގޮތް ފަހިކޮށްދޭ ހިދުމަތެކެވެ.

ވީޑިއޯކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން އަމިއްލަ އުފެއްދުންތަކެއް ވެސް ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ. ވީޑިއޯކްލަބްގެ ލައިބްރަރީގައި ހިމެނޭ ކޮންޓެންޓް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް އެމްއެސް ލައިޓް ގްލޯބަލް ޓީވީ އިން އަދި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް ފޯނުން ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް