އިންޑިއާގެ ކްރިކެޓް ވިމެންސް ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ޝާހު ރުކް ހާންއާ އެކު

ޝާހު ރުކް ހާން

ޑަބްލިއުޕީއެލް ފެށުމުގެ ރަސްމިއްޔާތުގައި ޝާހު ރުކް ޕާފޯމްކުރަނީ

މީޑިއާނެޓުން މެޗުތައް ވަގުތުން ބަލައިލެވޭނެ މި މުބާރާތް ހުޅުވާ އިރު ބޮލީވުޑްގެ ކުލަގަދަ އެހެނިހެން ބައެއް ތަރިން ވެސް ފެންނާނެ

އިންޑިއާގައި އަންހެނުންގެ މެދުގައި ކުޅޭ ކުލަގަދަ ކްރިކެޓް މުބާރާތް، ވިމެންސް ޕްރިމިއާ ލީގު (ޑަބްލިޔުޕީއެލް)ގެ ދެވަނަ ސީޒަން މިރޭ ފެށުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ޝާހު ރުކް ހާން ޕާފޯމް ކުރާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.

ޑަބްލިޔުޕީއެލްގެ ފަރާތުން ބުނި ގޮތުގައި ބެންގަލޫރުގެ އެމް ޗިންނަސްވާމޭ ސްޓޭޑިއަމްގައި މުބާރާތް ފަށާނީ ޝާހު ރުކްގެ ހާއްސަ ހުށަހެޅުމަކާ އެކުގަ އެވެ.

ޝާހު ރުކްގެ އިތުރުން ވެސް ބޮލީވުޑްގެ ފާހަގަ ކުރެވޭ ބައެއް ތަރިން އެ ރަސްމިއްޔާތުން ފެންނާނެ އެވެ. އޭގެ ތެރޭގައި ކާރްތިކް އާރިޔަން، ސިދާތު މަލޯތުރާ، ޝާހިދު ކަޕޫރު، ވަރުން ދަވަން އަދި ޓައިގާ ޝްރޮފްގެ ހުށަހެޅުންތައް ހިމެނެ އެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ދައްކާނެ އެވެ.

މި އަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެއް މެޗެވެ.

  • މެޗުތައް ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 7 ޖަހާއިރު

  • ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިން

  •  އެމްއެސް ޑިޖިޓަލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުން

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ މުމްބާއީ އިންޑިއަންސް އާއި ރަނަރަޕް ދިއްލީ ކެޕިޓަލްސް އެވެ.

މާދަމާ ރޭ ރޯޔަލް ޗެލެންޖާޒް ބެންގަލޯ އަމިއްލަ ދަނޑުގައި ޔޫޕީ ވޮރިއާޒްއާ ދެކޮޅަށް ނުކުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް