އައިޝަތު ރިޝްމީ ޑައިރެކްޓުކުރި 'ޔާރާ' ސީޒަން 2 މިހާރު ބައިކޯފު އެޕުން ބަލާލެވޭނެ.
އާ މޫނުތަކަކާ އެކު ރިޝްމީގެ 'ޔާރާ'ގެ ދެވަނަ ސީޒަން ރިލީޒްކޮށްފި
ބަތަލާ އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރާ އޭނާގެ ޑްރީމް ޕްރޮޖެކްޓުގެ ދެވަނަ ސީޒަން ރިލީޒްކޮށްފި އެވެ. ހަމައެކަނި ބައިސްކޯފު ސްޓްރީމިން އެޕުން ބަލާލެވޭ 'ޔާރާ' އަކީ ހަތަރު ސީޒަނަކަށް ބަހާލައިގެން ނެރޭ ރޮމޭންޓިކް ކޮމެޑީ ޓީވީ ސިލްސިލާއެކެވެ.
ތޮބިއްޔަތުގެ ގޮތުން އުޑާއި ބިމާހާ ތަފާތު ދެބެއިން ކަމަށްވާ ރާޔާ (ރިޝްމީ) އާއި ޝާޔާ (ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ)ގެ ހަޔާތް ވަށާ ދައުރުވާ މި ސިލްސިލާގައި އެހާ ސީރިއަސް ނޫން ގޮތްގޮތަށް މައިގަނޑުގޮތެއްގައި ދައްކަައިދެނީ ރިލޭޝަންޝިޕްތަކަކާއި އެ ގުޅުންތަކުގެ ތެރޭ އާންމުކޮށް ލާމެހިގެންދާ އިހުސާސްތަކެވެ.
ރިޝްމީ އާއި އައްޒަގެ ޖޯޑު ދެބެއިންގެ ރޯލު ކުޅޭ އިރު، ދެ ތަރިންގެ އަސްލު މަންމަ އައިމިނަތު ރަޝީދާ ހަމަ އެ ދެބެއިންގެ މަންމަގެ ގޮތުގައި ޒައިނަބު އަހުމަދުގެ ރޯލު އަދާކުރެ އެވެ.
'ޔާރާ'ގެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހިމެނޭ އެކްޓަރުންގެ އަދަދެވެ. މަދުވެގެން 90 އެކްޓަރުން އެކި ސީޒަންތަކުން ފެނިގެންދާ ސިލްސިލާގައި ދެން އުޅޭ ފާހަގަކޮށްލެވޭ ބައެއް އެކްޓަރުންގެ ތެރޭގައި:
-
1-
އަހުމަދު އަޒްމީލް: ޝިނާން ރަޝީދު
-
2-
މުހައްމަދު ވިޝާލް (ރޯމަން): ނާއިލް
-
3-
އިސްމާއިލް ޖުމެއިހު: ޒެއިން މަލިކް
-
4-
ފާތިމަތު ސާރާ އާދަމް: ޒަހީނާ 'ޒަކް' އަބްދުލް ކަރީމް
-
5-
މަރިޔަމް ވަހީދާ: ރިޔާޝާ
-
6-
ނުޒުހަތު ޝުއެއިބު: އައިމިނަތު ރިޒްވާނާ
އެކި ލޮކޭޝަންތަކުގައި ނަގާފައިވާ 'ޔާރާ'ގެ ދެވަނަ ސީޒަންގައި ބޮޑަށް ފެންނާނީ މާލެ، ވިލިމާލެ، ހުޅުމާލެ، ކ. މާފުށި، އަދި ލާމު އަތޮޅުގެ ރަށްތައް ކަމަށް، ރިޝްމީ 'ދައުރު'އަށް ކިޔައިދިނެވެ.
'ޔާރާ' ސީޒަން 2ގެ އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހަކު 9 ޖަހާއިރު ބައިސްކޯފު އެޕުން ފެންނާނެ އެވެ.