'ހިތް ކަލާއަށް އެދޭތީ'ގެ ޕޯސްޓަރެއް.

މީޑިއާނެޓް

މީޑިއާނެޓުގެ ވީޑިއޯކްލަބުން 'ހިތް ކަލާއަށް އެދޭތީ' ދައްކަން ފަށައިފި

މި ސީރީޒްގެ ސްކްރީންޕްލޭ ބިނާވެފައިވަނީ ލޯތްބަށްޓަކާ މީހަކު ގިރާ ކުރާނެ ހަރުފަތްތައް އަދި ވާނެ ގުރުބާނީތަކުގެ މައްޗަށް

ދިވެހި ސީރީޒް 'ހިތް ކަލާއަށް އެދޭތީ' މީޑިއާނެޓުގެ ވީޑިއޯކްލަބުގައި ރިލީޒްކޮށް، ސްޓްރީމިންއަށް މިއަދު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ލޯބީގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 'އެމް އީ ޕްރޮޑަކްޝަން' އިން އުފައްދާފައިވާ މި ސީރީޒް ވީޑިއޯކްލަބް، އެމްއެސްޓީވީ، އެމްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ވަނީ ރިލީޒްކޮށްފަ އެވެ. އެގޮތުން:

  • ފުރަތަމަ ދެ އެޕިސޯޑު ހިލޭ ބެލޭނެ

  • ވީޑިއޯ ކްލަބަށް ސަބްސްކްރައިބްކޮށްގެން ތިން ވަނަ އެޕިސޯޑުން ފެށިގެން ބެލޭނެ

ތަފްސީލް - ހުނަރުވެރި ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް އަދި ސްކްރީންޕްލޭ ލިޔެފައިވާ މި ސީރީޒްގެ ސްކްރީންޕްލޭ ބިނާވެފައިވަނީ ލޯތްބަށްޓަކާ މީހަކު ގިރާ ކުރާނެ ހަރުފަތްތައް އަދި ވާނެ ގުރުބާނީތަކުގެ މައްޗަށެވެ. 

މި ސީރީޒްގައި ޒުވާން ކާސްޓެއް ހަރަކާތްތެރިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އަލީ އުސާމް (ދޮނާ)

  • މަރިޔަމް ސަނާ 

  • މުހައްމަދު އީމާއު އަބްދުﷲ 

  •  އާމިނަތު ޝާނާ ސައީދު 

  • މަރިޔަމް ޝަފާނާ ޝަމީމް (ދޮނީ) 

ޖުމްލަ 13 އެޕިސޯޑު ހިމެނޭ މި ސީރީޒް ވީޑިއޯކްލަބުގައި ރިލީޒްކުރި އިރު، ބޮޑު ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޮންމެ އަންގާރަ ދުވަހަކު ހިތް ކަލާއަށް އެދޭތީގެ އާ އެޕިސޯޑެއް ބަލާލެވޭނެ އެވެ.  ބޮޑުސްކްރީނަށް ނެރޭތާ އެއް ހަފްތާ ފަހުން ފޯނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އާ އެޕިސޯޑެއް ބަލާލެވޭނެ އެވެ.

  • ވީޑިއޯކްލަބް މެދުވެރިކޮށް 'ހިތް ކަލާއަށް އެދޭތީ' ބެލުމަށް ms.medianet.mv މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކްރައިބްކޮށްލެވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް