Majlis 2024

އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ގައި ފަންނާނަކު ލަވަކިޔަނީ (ފޮޓޯ/ނައުޝަމް ވަހީދު

ނޮއިސް

ނޮއިސް: އޮލިމްޕަސް ގުގުމާލީ ދިވެހި ހުނަރުން

އެއްކާފުން ބޭއްވި ޝޯގެ ހުށަހެޅުންތައް ވަރުގަދަ؛ ދިވެހިންގެ މިއުޒިކަށް އާއްމުންގެ ހިތް އިތުރަށް ދަމައިގަތް
20 މާރިޗު 2023

އޮލިމްޕަހުގެ އެތެރޭގެ އެމްބިއެންސް ރަނގަޅެެވެ. މާހައުލު އޮތީ މިއުޒިކް ޝޯއަކަށް އެންމެ ކަމުދާނެހެން ދިއްލާއަޅާފަ އެެވެ. ވަށައިގެން ބަލާލި އިރު، އެއްކަލަ، ގަޑިއަށް ތަންތަނަށް ނާދެވޭ ކަމަށް ބުނާ ޒުވާނުން މިތިބީ މާ ކުރިންސުރެ އައިހެވެ. އެއް ބަޔަކު ޕޮޕްކޯނާއި ފެން ގަނެގެން އިށީންނަމުންދިޔަ އިރު އަނެއް ބަޔަކު ޕްލާސްޓިކާ ދުރަށް ޖެހިލައި އަމިއްލަ ފެންފުޅި ހިފައިގެންނެވެ.

އިންޑޯ ތަނެއްގައި ޝޯ ބަލަން 150 ރުފިޔާ އަށް ޓިކެޓު ގަނެގެން ނުދާނެ ކަމަށް އެއް އިރެއްގައި ގަބޫލު ކުރެވުނަސް އެކަން ބަދަލުވެއްޖެ އެވެ. އެއްކާފުން މިދިޔަ ހުކުރު-ހޮނިހިރުގައި އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' އިން ހާމަވީ އެކަމެވެ.

'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)
'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)

ޝޯ ފެށީ ފަޔާގެ އިންސްޓުރުމެންޓަލް އައިޓަމަކުންނެވެ. މަޑުމައިތިރި އެވެ. ގޮނޑީގައި ޖައްސާލައި ލެނގިލީ ދުވަހުގެ ވަރުބަލިކަން ފިލުވާލައި ހިތްގައިމު އެ މިއުޒިކް އަޑުއަހާލާށެވެ.

ޝޯގައި ދެން އޮތީ، ދިވެހި މިއުޒިކީ ލެޖެންޑުންގެ ގޮތުގައި ފާހަގަކޮށްލެވޭ، އެ ބައެއްގެ އަޑު ދުވަހަކުވެސް ފަނޑުނުވާނެ ބައެއް ފަންނާނުންގެ އަގުވަޒަންކުރުމެވެ. އެއްކާފުގެ ކޯފައުންޑަރު އަހުމަދު ޒަރީރު، ދިވެހި މިއުޒިކްގެ ދާއިރާއަށް އަގުހުރި ހިދުމަތްކޮށްފައިވާ ފަންނާނުންނަށް އެވޯޑު ދިނެވެ.

އެއްކާފުން އެވޯޑް ދިން ފަންނާނުންނަކީ:

  • 1-

    އަލީ ޝަފީގު (ޕެނަމާ ޝަފީގް)

  • 2-

    އަބުދުއް ރަޝީދު (އަބްސީ)

  • 3-

    އަހުމަދު އާތިފް (އެކްސްރޭ އާތިފް)

  • 4-

    މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)

  • 5-

    މަހުމޫދާ ޝަކީބު

  • 6-

    އަބްދުއް ރައޫފް

  • 7-

    އަބްދުލް ހަންނާނު މޫސާ ދީދީ

  • 8-

    އިބްރާހިމް ހަމްދީ

  • 9-

    ގެމްބިއާ އިބްރާހިމް ރަޝީދު

  • 10-

    މުހައްމަދު ހަސަން ދީދީ (މޮހޮޖް)

  • 11-

    އުމަރު ޒާހިރު

  • 12-

    ފާތިމަތު ރައޫފް

ޝޯގެ ފުރަތަމަ ބޭންޑްގެ ގޮތުގައި ލަވަ ހުށަހަޅައިދިނީ ކޮރެލިއަމް އެވެ.

'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)

'ނޮއިސް' އަކީ ކޮރެލިއަމްގެ ފުރަތަމަ ލައިވް ޝޯ އެވެ. މިއުޒިކީ ގޮތުން ތަޖުރިބާ ހުރި މި ބޭންޑް، ޝޯއެއްގައި އޯޑިއަންސް ލައިވް ޕާފޯމަންސަކުން ބަލަން ބޭނުންވާނެ ހުރިހާ އެއްޗެއް ދައްކާލި އެވެ. 

  • 'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)
  • 'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)
  • 'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)
  • 'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)

އިގްޔާންގެ ލަވަހުށެހެޅުން ބޭންޑްގެ މިއުޒިކުން ފުރިހަމަކޮށްދީފައިވާ އިރު އެމީހުންގެ ފުރަތަމަ އަލްބަމް 'ވެށި'ގެ ލަވަ 'އަހުރަ' އިން ގައިން ހީބިހިނަގައިގެން ދިޔަ އެވެ. 

'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)
'ނޮއިސް' މިއުޒިކް ޝޯގެ ތެރެއިން (ފޮޓޯ/ނަބީލް/އެއްކާފު)

ދެވަނަ ބޭންޑަކަށް އެޗޭސިއާ އެވެ. އެމީހުންގެ ލަވަ 'އައިސްބެޔާ' އާއި 'ރަހުމް' ހުށަހަޅައިދިނީ 19 އަހަރުގެ ލަވަކިޔުންތެރިޔާ ސާޝާ ފަޒްލޫން އެވެ. އޭނާގެ ސްޓޭޖް ޕާސޯނާ އާއި ކޮންފިޑެންސް ވަރުގަދަ އެވެ. އެޗޭސިއާގެ ލަވަކިޔުންތެރިޔާ ހުސެއިން އިންފިތާހް (ފިއްތި)ގެ އަޑުން ކުރިން ކިޔަމުން އައި ލަވައެއް އަންހެން އަޑަކުން އިވުނީމާ ތަފާތެވެ. 

ފިއްތި އެ ބޭންޑްގެ ލޯބީގެ ލަވައެއް ކަމުގައިވާ 'ތީއޭ' ކިޔާލައި އެ ލަވައިގައި ބުނާ "ތި މަސްތުގައި އޮޔާދާން މަ ބޭނުމޭ" ގޮވި އިރު އޯޑިއަންސް އޮތީ ރަނގަޅަށް ވެސް އެޗޭސިއާގެ އަވައިގައި ޖެހިފަ އެވެ.

ބައެއް ފޭނުންގެ ތުންދިގުވީ 'ލޮލާލޯ' ހުށަހަޅާނުދިނުމުންނެވެ.

ދެން އައީ ރެވިއޯ އެވެ. ރެވިއޯގެ އަޑު ހުރިހާ ބޭންޑަކަށް ވުރެ ވެސް މާ ގަދަ އެވެ. އެ އަޑު ގުގުމަން ފެށީ 'އުދުހިލާ' އިންނެވެ. ހިޓު ލަވަތައް ކަމުގައިވާ 'ކުރެހުން،' 'ހުވަފެން،' 'ހޫރެއްފަދައިން' އަދި އާ އަލްބަމްގެ 'އުފާވިޔޭ' ގެނެސްދިނެވެ.

ރެވިއޯގެ އެންމެ ސަޅި އެއް ކަމަކީ އޯޑިއަންސް އެންގޭޖްމަންޓެެވެ. އެ ބައި 'ނޮއިސް' ގައި ވެސް ބަރާބަރަށް ކުރިއަށް ދިޔަ އެވެ. އަތް ހޫރުވުމާއި ފޯނު ސްކްރީން ދިއްލާލުމާއި ލަވަކިޔުންތެރިޔާ ޒޯލޯގެ އަޑު ދަށުން ލަވަކިޔުން އޮތެވެ. އެންމެ ފަހު ލަވައިގެ ފޯރީގައި ބައިވެރިވެލުމަށް ގޮނޑި ދޫކޮށް ސްޓޭޖް ދޮށަށް ގޮސް ބައެއް ބެލުންތެރިން ނަށައިގަތެވެ.

  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)

އެއްކާފުން ހޮނިހިރު ދުވަހުގެ ރޭގެ ޝޯ ފެށީ ބޮޑުބެރުންނެވެ. ހަބޭސް ބޮޑުބެރު، އެކަތި އަދި އަންހެން ބޮޑުބެރު ޓީމު ފަތްމިނި އަށް ފަހު ދެން ނ. މަނަދޫ ނަށާ ގުރޫޕް ހިޔަލަގެ ހުށަހެޅުމެވެ. 

  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
  • އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)

ބޮޑުބެރުގެ ހަރަކާތާ އެކު އޯޑިއަންސަށް ކިރިޔަކިރިޔާ ގޮނޑީގައި ތިބެވެނީ އެވެ.

ޝޯ ނިންމާލީ ދިވެހި ރެޕް އާޓިސްޓް މުހައްމަދު ޝިފާޒު (ތުއްތުޕާކު)ގެ ޕާފޯމަންސް އިންނެވެ.

އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)

ތުއްތުޕާކާ އެކު ބައިވެރިވި ފީޗަރިން އާޓިސްޓުންނާ އެކު އޭނާ ޝޯގެ ފޯރި އިތުރަށް ގަދަކޮށްލި އެވެ. 

އަންހެން އާޓިސްޓެއްގެ ގޮތުގައި ބައިވެރިވި ޒާރާ ވެސް އެންމެންގެ މެދުގައި މަގުބޫލުވި އެވެ.

އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)
އެއްކާފުން އޮލިމްޕަހުގައި ބޭއްވި 'ނޮއިސް' ޝޯގެ ތެރެއިން (ފޮޓޯ/ނައުޝަމް ވަހީދު)

އެއްކާފުގެ ކޯފައުންޑާ ޒަރީރު ބުނިގޮތުގައި އަހަރަކު އެއް ފަހަރު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ޝޯއިން ދިވެހި ހުނަރު ފެނިފައި، މިފަދަ އިތުރު ފުރުސަތެެއް ފަންނާނުންނަށް ފަހިކޮށްދިނުމަށް، މި އަހަރުގެ ފަހުކޮޅު ވެސް 'ނޮއިސް'ގެ ޝޯއެއް ބާއްވާނެ އެވެ.

ފަންނާނުންނަށާއި ދިވެހި މިއުޒިކީ ފޭނުންނަށް ވެސް އުފާވެރި ހަބަރެކެވެ. ދެން އިންތިޒާރުކުރަންވީ ދެވަނަ 'ނޮއިސް' ބާއްވާނެ ތާރީހަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް