މަންޓާ އެއާގެ ބޯޓެއް. (ފޮޓޯ/މަންޓާ އެއާ)
ހުވަދޫއަށް ޓޫރިސްޓުން ގެންދަން މަންޓާއިން ގަން-ކޫއްޑޫ ދަތުރު ފަށަނީ
ހުވަދު އަތޮޅަށް ފަތުރުވެރިން ގެންދިއުމަށް ފަސޭހަ ކުރުމުގެ ގޮތުން، މަންޓާ އެއާއިން އައްޑޫގެ ގަމާއި ގއ. ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މަންޓާގެ ގަން-ކޫއްޑޫ ދަތުރަކީ، ސްރީލަންކަން އެއާލައިންސްއިން އައްޑޫއަށް ކުރާ ދަތުރުތަކާ ވިދިގެން ބާއްވާ ފްލައިޓެކެވެ.
ބުނީ ކީކޭ؟ - އެ އެއާލައިންގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، ގަން-ކޫއްޑޫ ދަތުރުތައް، އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ.
އެ ދަތުރުގެ ފްރީކުއެންސީ އަކީ، އޭނާ ވިދާޅުވި ގޮތުގައި ސްރީލަންކަންއިން އައްޑޫއަށް ކުރާ ދަތުރުތަކުގެ ފްރީކުއެންސީ އެވެ.
ތަފްސީލު - "މިހާރު ސްރީލަންކަންގެ ކޮލޮމްބޯ-ގަން ދަތުރުތައް މި އޮންނަނީ ހަފުތާ އަކު އެއް ދުވަހު [ކޮންމެ ހޮނިހިރު ދުވަހަކު]. އެކަމަކު އެކޮޅުން މައުލޫމާތު ލިބޭ، މާޗު ފަހުކޮޅުގައި ފްރީކުއެންސީ އިތުރު ކުރާނެ ކަމަށް،" މަންޓާގެ އޮފިޝަލް ވިދާޅުވި އެވެ.
މިއީ މަންޓާ އާއި ސްރީލަންކަންއާ ދެމެދު ރަސްމީ އެއްބަސްވުމެއް ގާއިމުކޮށްގެން ކުރާ ކަމަކަށް ނުވިޔަސް، އޭނާ ވިދާޅުވީ މި ދަތުރުތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް މަޝްވަރާތަކެއް ކުރި ކަމަށެވެ.
"ބޭނުމަކީ ކޫއްޑޫއަށް ވެސް ކޭޓާ ކޮށް، އިތުރު ފުރުސަތުތަކެއް ހޯދައިދިނުން. ލަންކާ މަގުން އަންނަ ޓޫރިސްޓުންނަށް މި ކަނެކްޝަނުން ދެވޭނެ ހުވަދު އަތޮޅު ރިސޯޓުތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - މަންޓާއިން އަންނަ ހޮނިހިރު ދުވަހު ގަން-ކޫއްޑޫ ދަތުރުތައް ފަށާއިރު، މާލެ-އައްޑޫ ޝެޑިއުލްޑް ދަތުރުތައް މާދަމާ ފަށާނެ އެވެ. އެއީ ކޮންމެ ދުވަހަކު އެއް ދަތުރެވެ.
އިތުރަށް ކިޔާލަން: