މަންޓާ އެއާގެ ބޯޓެއް. (ފޮޓޯ/މަންޓާ އެއާ)

މަންޓާ އެއާ

މަންޓާ އެއާ އިން އަންނަ ހަފްތާގައި އައްޑުއަށް ދަތުރުތައް ފަށަނީ

މަންޓާ އިން އައްޑޫ ގަމަށް ދުވާލަކު އެއް ފްލައިޓް އޮޕަރޭޓު ކުރާނެ
17 ފެބްރުއަރީ 2022

އެތެރޭގެ އުދުހުންތަކުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދެމުން އަންނަ މަންޓާ އެއާ އިން އަންނަ ހަފްތާގައި އައްޑޫއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މަންޓާ އިން ބުނީ އައްޑޫ ގަމަށް ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ތަފްސީލު - އެ އެއާލައިންގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، މަންޓާ އިން ދުވާލަކު އެއް ފްލައިޓު އައްޑޫއަށް އޮޕަރޭޓު ކުރާނެ ކަމަށެވެ.

ނަމަވެސް، އެ ދަތުރުތަކާ ގުޅޭ އެހެނިހެން ކަންތައްތަކަށް ކުދިކުދި ބަދަލުތަކެއް ގެންނާތީ، އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އައްޑޫއަކީ މަންޓާ އިން ދަތުރު ކުރާ ތިން ވަނަ މަންޒިލެވެ. މިހާރު އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ:

  • ބ. ދަރަވަންދޫ އެއާޕޯޓު

  • ދ. ކުޑހުވަދޫގައި މަންޓާ އެއާއާ ގުޅުންހުރި ކުންފުންޏަކުން ތަރައްގީކޮށް ހިންގާ ދާލު އެއާޕޯޓު

މަންޓާ އެއާ އިން ރާއްޖޭގައި ކޮމާޝަލް ދަތުރުތައް ކުރަން ފެށީ 24 ފެބްރުއަރީ 2019ގަ އެވެ. އޭގެ ފަހުން މަންޓާ އިން ވަނީ ހަމަ އެ އަހަރު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް