ޅ. މަޑިވަރު އެއާޕޯޓަށް މިދިޔަ ޑިސެމްބަރު މަހު ޓެސްޓު ފްލައިޓު ޖެއްސުމުން އެ ބޯޓުގެ ކުރޫއިންނަށް އެ އެއާޕޯޓުގެ ވެރިޔާ މުހައްމަދު މޫސާ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ އޭވިއޭޓާޒް މޯލްޑިވްސް)

މޯލްޑިވިއަން

ރައީސް އޮފީހުން އެދުމުން މަޑިވަރު ދަތުރުތަކުގެ އަގު މުރާޖައާ ކުރާނަން: މޯލްޑިވިއަން

ކޮޅަކަށް 1029ރ. އަދި ދެ ކޮޅަށް 2058ރ. ނަގާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައި
20 ފެބްރުއަރީ 2022

ޅ. މަޑިވަރުގައި މިދިޔަ ހުކުރު ދުވަހު ހުޅުވި އާ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ބޮޑު ކަމަށް ބުނެ އާންމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން އެ އަގު ރިވައިޒް ކުރުމުގެ މަސަައްކަތް ކުރާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު -  މަޑިވަރު ޓިކެޓެއްގެ އަގަކީ:

  • ކޮޅަކަށް 1029ރ. 

  • ދެ ކޮޅަށް 2058ރ. ދައްކަން ޖެހޭ 

އެ އަގު ބޮޑުވެ އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު ނައިފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ، މަޑިވަރު ޓިކެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު 'ދައުރު'އަށް ވިދާޅުވީ ޓިކެޓުގެ އަގާ ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާތައް ބެލުމަށް ފަހު ރައީސް އޮފީހުން ދޭ ލަފަޔަކާ އެއްގޮތަށް މަޑިވަރު ޓިކެޓްގެ އަގު މުރާޖައާ ކުރާނެ ކަމަށެވެ.

ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކޮށްފައިވާ އެއާޕޯޓް، ރައީސް ސޯލިހް މިދިޔަ ހުކުރު ދުވަހު ހުޅުވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މިހާދު ވިދާޅުވި ގޮތުގައި ޓިކެޓުގެ އަގު މިހާރު ވެސް ކަނޑައަޅާފައި ވާނީ ފްލައިޓް އޮޕަރޭޓް ކުރުމަށް ހިނގާ ހަރަދުތަކަށް ބަލައިގެންނެވެ. އަދި މަޑިވަރާ ކައިރި ހިސާބުތަކުގައި ހުރި ނ. މާފަރާއި ރ. އިފުރު އެއާޕޯޓަކީ މާ ދުރު ތަންތަން ނޫން ކަމަށާއި އެހެންކަމުން އެ އެއާޕޯޓުތަކަށް ކުރާ ދަތުރުތަކުގެ އަގު ހުންނާނީ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށް މިހާދު އޭނާ އެވެ.

"ކުޑަކުޑަ ޑިސްޓެންސަކުން އަގަށް ބަދަލެއް ނާންނާނެ. އެއީ ބޯޓެއް ފްލައިކުރަން އެ ދާ ކޮސްޓުތައް ހުންނާނެ އެވޮއިޑް ނުކުރެވޭނެ. އެ ހުރިހާ އެއްޗަކަށް ބަލާފައި ޓިކެޓުގެ އަގު ކަނޑައަޅާފައި އެ ހުރީ،" މިހާދު ވިދާޅުވި އެވެ.

މުހިންމު ކަމެއް - މަޑިވަރު އެއާޕޯޓާ ވަރަށް ކައިރީގައި ރިސޯޓުތައް ހުރުމުން އަދި އާބާދީ ބޮޑެތި ރަށްތަކާ ކައިރީގައި އެ އެއާޕޯޓް އޮތުމުން އެއީ ރަނގަޅު އާމްދަނީއެއް ނެރެވޭނެ އެއާޕޯޓެއް ކަމަށް މޯލްޑިވިއަން އިން ވަނީ ލަފާކޮށްފަ އެވެ. މިއަދުން ފެށިގެން މަޑިވަރު އެއާޕޯޓަށް ކޮންމެ ދުވަހަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް