ޕީސީބީގެ އޮފީސް ހުންނަ ފިނޭންސް މިނިސްޓްރީ އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްޓީޑީސީން ނިޔާޒު ވަކިކޮށް ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި

ޕީސީބީން ވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒު ވަކިކޮށް، އިތުރު ހަތަރު ކުންފުނީގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަންކޮށްފައި
1 ގަޑިއިރު ކުރިން

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑަށް މިއަދު ބަދަލު ގެނެސްފި އެވެ.

ތަފްސީލު - ޕީސީބީން މިއަދު ގެނައި އެއް ބަދަލަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުން އަހްމަދު ނިޔާޒު، ހަސަންކާރިގެ/ސ. ހުޅުދޫ ވަކިކުރުމެވެ.

ނަމަވެސް އެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން، ޕީސީބީން ވަނީ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެމްބަރުން އައްޔަންކޮށްފަ އެވެ. އެއީ:

  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބޯޑު މެމްބަރަކަށް އަބްދުﷲ ޔާމީން، މއ. ޝާހީން

  • އައިލެންޑް އޭވިއޭޝަންގެ ބޯޑަށް މައީޝާ އިބްރާހިމް، ތިކުރީތު/ދ. ކުޑަހުވަދޫ

  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ބޯޑު މެމްބަރަކަށް ޝާހިދު މޫސާ، ފެހިވިނަ/ދ. ބަނޑިދޫ

  • ހައްޖު ކޯޕަރޭޝަންގެ ބޯޑަށް އަހްމަދު މާޒިން، ގ. ބާނީ؛ އޭނާއަކީ ފިނޭންސްގެ ސްޓޭޓް މިނިސްޓަރެއް

  • އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި އަބްދުﷲ ޔާމީން، މއ. ޝާހީން.
  • އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި މައީޝާ އިބްރާހިމް، ތިކުރީތު/ދ. ކުޑަހުވަދޫ.
  • އެޗުޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ޝާހިދު މޫސާ، ފެހިވިނަ/ދ. ބަނޑިދޫ.
  • ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި އަހްމަދު މާޒިން، ގ. ބާނީ.

އެ ހަތަރު ކުންފުނީގެ އިތުރުން އިއްޔެ ޕީސީބީން ވަނީ ބީސީސީ، މިފްކޯ އަދި އެމްއެފްއެމްސީގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް އާ ބޭފުޅުން އައްޔަންކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް