ޕީސީބީގެ އޮފީސް ހިންގާ އިމާރާތުގައި ޕީސީބީގެ ނަން ބޯޑާއި، އެ އިމާރާތުގައި އޮފީސް ހިންގާ ދައުލަތުގެ އެހެން އިދާރާތަކުގެ ނަން ބޯޑު (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ތިން ކުންފުންޏެއްގެ ބޯޑަށް އާ ޑިރެކްޓަރުން ހަމަޖައްސައިފި

ޑިރެކްޓަރުން ހަމަޖެއްސީ މިފްކޯ، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަދި ބީސީސީއަށް
1 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ބޭފުޅުން އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިއަދު ހާމަކުރި ގޮތުގައި އަލަށް ބޯޑް މެންބަރުން އައްޔަންކޮށްފައިވާ ކުންފުނިތަކަކީ:

  • މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)

  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) 

  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)

ތަފްސީލް - މިފްކޯ އާއި އެމްއެފްއެމްސީގެ ބޯޑަށް އައްޔަން ކުރި ބޭފުޅުންނަކީ ބޯޑްގައި އިންނަވާ އެކައުންޓިން ދާއިރާގެ ބޭފުޅުންނެވެ. އެގޮތުން ހަމަޖެއްސީ:

  • މިފްކޯއަށް ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ

  • އެމްއެފްއެމްސީއަށް ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު

  • ބީސީސީއަށް ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރު 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް