ބަޖެޓް ކޮމިޓީގައި 2026 ވަނަ އަހަރުގެ ބަޖެޓް ފޮތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބަޖެޓް26

ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ ބަޖެޓަށް ލިބުނު އާމްދަނީއަށް އަސަރުކޮށްފި

މި އަހަރު ސަރުކާރު ކުންުފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 552.3 މިލިއަން ރުފިޔާ
50 މިނިޓު ކުރިން

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން، ސަރުކާރުގެ ކުންފުނިތަކުގެ ފައިދާއިން ލިބޭ އާމްދަނީ ނުވަތަ ޑިވިޑެންޑުން ލިބުނު އަދަދު ދަށްވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު މާލީ ވުޒާރާއިން އާންމުކޮށްފައިވާ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު، ސަރުކާރު ކުންފުނިތަކުގެ ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި އާމްދަނީއަށް ލިބިފައި ވަނީ 340.3 މިލިއަން ރުފިޔާ އެވެ. 

ތަފްސީލް - މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެ އަދަދަކީ %17 ދަށް، 73 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި:

  • 413 މިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވޭ

  • މިއަހަރު ސަރުކާރު ކުންުފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 552.3 މިލިއަން ރުފިޔާ

މި ދަށްވުމުގެ މައިގަނޑު ސަބަބަކީ 2024އާ އަޅާބަލާއިރު މިދިޔަ އަހަރު ސަރުކާރުގެ ކުންުފުނިތަކަށް ލިބުނު ފައިދާ ދަށަށް ދިޔުމެވެ. 

ކުންފުނިތަކަށް ބަޖެޓުން ކުރި ހަރަދު ދަށަށް

ސަރުކާރުގެ ކުންފުނިތަކަށް ހިންގަން ބަޖެޓުން ކެޕިޓަލްގެ ގޮތުގައި ދިން އަަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް 728 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 440 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެގޮތުން: 

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.2 ބިލިއަން ރުފިޔާ ކުންފުނިތަކަށް ހަރަދުކުރި

މި އަހަރު ކުންފުނިތަކަށް ސަރުކާރުގެ ބަޖެޓުން 929.9 މިލިއަން ރުފިޔާ ދޭން ބަޖެޓްކޮށްފައިވެ އެވެ. އެކަމަކު، ކޮންމެ އަހަރަކު ވެސް ކުންފުނިތަކަށް ދޭން ބަޖެޓް ކުރާ އަދަދަށް ވުރެ އިތުރަށް އަހަރު ނިމޭއިރު ހަރަދުކޮށްފައި ހުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް