މެންބަރަކު ބަޖެޓް ފޮތް ބައްލަވަނީ: މިއަހަރުގެ

ހިލޭ އެހީ ލިބުނު އަދަދު އިތުރުވެއްޖެ

ހިލޭ އެހީ ލިބުނު އަދަދު %154 އިތުރުވެ، ލަފާކުރި ވަރަށް ވުރެ ވެސް އިތުރަށް ވަނީ ހިލޭ އެހީ ލިބިފައި
4 ގަޑިއިރު ކުރިން

މި އަހަރުގެ ހަތް މަސް ފާއިތުވީއިރު، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 2ގެ ނިޔަލަށް 434.2 މިލިއަން ރުފިޔާ ވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފަ އެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 170.6 މިލިއަން ރުފިޔާ އެވެ. އެހެންކަމުން: 

  • މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ލިބުނު އަދަދަކީ 264 މިލިއަން ރުފިޔާ އިތުރު އަދަދެއް

  • އެއީ %154 އިތުރު އަދަދެއް

ތަފްސީލް - މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވަނީ ހިލޭ އެހީގެ ގޮތުގައި 374 މިލިއަން ރުފިޔާ ލިބޭނޭ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ލިބުނު ހިލޭ އެހީއަކީ ލަފާކުރި އަދަދަށް ވުރެ 60.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން މިހާތަނަށް 33.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އާމްދަނީ އަކީ 22.4 ބިލިއަން ރުފިޔާ އެވެ. އެއީ 976 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް