ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާޓަމިނަލްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓޫރިޒަމަށް އަޑިގަނޑުން އަދިވެސް އަރައިނުގަނެވޭ؛ %4 ދަށް
އީރާން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ ވަރު ދަށަށް ދިޔަ ދިޔުމުން އަދިވެސް އަރައިގަނެވިފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ބުދައާ ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ 1.1 މިލިއަން ޓޫރިސްޓުންނެވެ. މިއީ:
-
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 58،630 ޓޫރިސްޓުން މަދު އަދަދެއް
-
އެއީ މިދިޔަ އަހަރާ އަޅާބަލާއިރު %4.8 ދަށް އަދަދެއް
ރާއްޖެއަށް މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 5،764 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 6،000އަށް ވުރެ ގިނަ ޓޫރިސްޓުން ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވެ އެވެ.
ތަފްސީލް - މިއަހަރުގެ މިހާތަނަށް އައިއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން:
-
އެ ގައުމުން ވަނީ 190،016 ޓޫރިސްޓުން އައިސްފައި
-
އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %16.8
ދެން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު އަދި އިންޑިއާއިންނެވެ. މީގެ ކުރިން އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓަށްވީ ނަމަވެސް އެ ގައުމު އޮތީ މިހާރު ހަ ވަނައިގަ އެވެ. އެ ގައުމުން އައީ:
-
67،687 ޓޫރިސްޓުން
-
އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %6
ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ 25-44 އަހަރާ ދެމެދުގެ ޓޫރިސްޓުންނެވެ.
މީގެ އިތުރަށް ރާއްޖެ އައި ޓޫރިސްޓުންގެ %73 މީހުން އައީ ރިސޯޓްތަކަށެވެ. އަދި ގެސްޓްހައުސްތަކަށް %22.9 މީހުން ދިޔައިރު ހޮޓާތަކަށް %2.4 މީހުން ދިޔަ އެވެ. ބާކީ %2 މީހުން ދިޔައީ ސަފާރީ ބޯޓްތަކަށެވެ.
ކޮމެންޓް (2)
21333
އިބިރަހިމާ