މީހަކު ޑޮލަރުތަކެއް ގުނަނީ --

މިދިޔަ މަހު ޑޮލަރު ލިބުނު ވަރަށް ކުޑަ ކުރިއެރުމެއް

މިދިޔަ އަހަރާ އަޅާބަލާއިރު ސަރުކާރަށް ލިބުނު ޑޮލަރުގެ އާމްދަނީ ވަނީ 77 މިލިއަން ޑޮލަރު އިތުރުވެފައި
1 ގަޑިއިރު ކުރިން
3

މިދިޔަ މަސް ތެރޭ ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނީ 119 މިލިއަން ޑޮލަރެވެ. އެއީ: 

  • މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 922،114 ޑޮލަރު އިތުރު އަދަދެއް

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 117 މިލިއަން ޑޮލަރު 

ތަފްސީލް - މިއަހަރުގެ މިހާތަނަށް ޑޮލަރުން މީރާއަށް ވަނީ 868 މިލިއަން ޑޮލަރު ލިބިފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 77 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 

ގުޅުންހުރި - ބޭރުގެ ދަރަނި ދައްކަން ޖެހުނު އަދަދު އިތުރުވުމާއި ޓޫރިޒަމަށް އައި ހީނަރުކަމާ އެކު ރުފިޔާގެ އަގު ވެއްޓި ޑޮލަރު ގަންނަން ލިބޭ އަގު ވަނީ ބޮޑުވެފަ އެވެ. މިހާރު ޑޮލަރުގެ އަގު ހުރީ 21ރ. ގަ އެވެ. 

ފާހަގަކޮށްލެވޭ - މިދިޔަ މަހު ދައުލަތުގެ އާމްދަނީ އަކީ 2.9 ބިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރުމަށް ވުރެ %14 އިތުރު އަދި މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ %10 އިތުރު އަދަދެކެވެ. 

ކޮމެންޓް (3)

profile-image-placeholder

-------------

58 މިނިޓު ކުރިން
އަންނަ ޓޫރިސްޓުންނާ އެވްރެޖް އެނދު އަދަދު ގުނަ ކޮށްލާ. 4-5 ބިލިއަން ޑޮލަރު އެއީ އަދި ދަށު އެސްޓިމޭޓް. މިހާޜު އިންޑަސްޓްރީ ހނގާ ގޮތަށް ބަލާއިރު ރައްތަކާ ދޭތެރޭ ރައްޔިިތުން އެެހެން ގޮތަކަށް ވިސްނަންޖެ. ޕާޓީއެއް ނިކުމެގެން ރައްޔިތުން ހޯދިހައްގެއް ހޯދުނު އންސާފެއް ނޯންނާނެ. ހޯދި އެއްޗެއް ހޯދީ ރައްޔިތުން ނިކުމެ.

ދެތިކިޕީ

59 މިނިޓު ކުރިން
ސަރުކާރަށް ޖެހޭތަ ޑޮލަރު ބަހަން މީހުންނަށް. އެގޮތަށް ދެކެންޏާ ތިޔަ ރިސޯޓް ހިންގަންވާނީ ސަުރުކާރުން ނުވަތ ސަރުކާރު ހިއްސާވެގެން. ކަލޭމެން ތިޔަ ކިޔަނީ ނުސީދާ ކޮށްނަމަވެސް ރިސޯޓް ނެޝަނަލައިޒް ކުރާށޭ. މަވެސް އެކަމަށް ތާއީދު. ގިނަ ގިނައިން އެވާހަކަ ދައްކާ

32111

1 ގަޑިއިރު ކުރިން
ސާބަހޭ. އެ އުޅޭ އެންޑިޕީއާ މި ނޫހާ ހީވަނީ މިއީ ފައިނޭންޝިއަލް ކްރައިސިސްއަކަށް ނުހެދިގެން އުޅޭހެން. އޮޅިގެންެވެސް ރާއްެޖެއަށް އައީ ކިތައް ޓުއަރިސްޓޫން ކަމާ ރާްއްޖެވިއްކައިގެން ލިބޭނީ ކިހާވަރެއްކަމެއް ނުބުނޭ. އެވާހަކަ ނުވަސް ދައްކާ. އެވިއްކާ މީހުން ކައިރީ ނުވެސް އަހާ. އެ ވަނީ އަދަނަކަށް ކަމެއް ފައިތަޅާއަކަށް ކަމެއް ނޭގޭ. ދެން މިތަޅަނީ ނަކަސް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް