ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީރާ

މިދިޔަ މަހު މީރާ މެދުވެރިކޮށް 2.9 ބިލިއަން؛ ލަފައަށް ވުރެ %14 އިތުރު

ޖޫން މަހުގެ އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 118.6 މިލިއަން ޑޮލަރު ވެސް ހިމެނޭޭ
1 ގަޑިއިރު ކުރިން

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މީރާ އިން އިއްޔެ އާންމުކޮށްފައިވާ ޖޫން މަހުގެ ޓެކުހާ ގުޅޭ ހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ %14 އިތުރު އަދަދެކެވެ.

ތަފްސީލް - ޖޫން މަހުގެ އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 118.6 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މީރާ އިން ބުނީ ޖޫން މަހުގެ އާމްދަނީ، އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ އިތުރުވީ ޖީއެސްޓީ އާއި ބޭންކު އިންކަމް ޓެކްސް އަދި ގްރީން ޓެކުހާއި އެއާޕޯޓު ޓެކްސް އަދި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މީގެ އިތުރުން، ލަފާކުރި މިންވަރަށް ވުރެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ވެސް ޖޫން މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުުރުވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

ހަމަ އެއާ އެކު، ޖޫން މަހުގެ އާމްދަނީ އިތުރުވި ސަބަބުގެ ތެރޭ މީރާ އިން ފާހަގަކުރީ:

  • ކުރިން ލިބެންޖެހޭ ބައެއް ފީތައް އެ މުއްދަތުގައި ލިިބިފައިވުމުން

  • މީރާއަށް ލިބެންޖެހޭ ފީތައް ހޯދުމަށް ކުރި މަސައްކަތްތަކުން، އޭގެ ތެރެއިން ފައިސާ ލިބިފައިވުމުން

ޖޫން މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު %10 އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަށް ވުރެ މި އަހަރުގެ ޖޫންގައި ލިބުނު އިތުރުވީ، މީރާ އިން ބުނި ގޮތުގައި:

  • ބޭންކު އިންކަމް ޓެކްސް، ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން

  • ބޭންކު އިންކަމް ޓެކްސް އިތުރުވީ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމެންޓުތައް ދައްކާފައިވާތީ

ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. އެއީ ޖުމްލަ އާމްދަނީގެ %37.2 ނުވަތަ 1 ބިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:

  • އިންކަމް ޓެކްސް: 799 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %27)

  • ޓޫރިޒަމް ލޭންޑް ޓެކްސް: 411 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %14)

  • ގްރީން ޓެކްސް: 157 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.4)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 135 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

  • ޑިޕާޗާ ޓެކްސް: 134 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް