މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ހުންނަ ދިވެހި އިންޝުއަރެންސްގެ ސްޓޯލް. (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
ފައިނޭންޝަލް އެކްސްޕޯގައި ދިވެހި އިންޝުއަރެންސްގެ އާ ހެލްތު އިންޝުއަރެންސް ޕެކޭޖާއި އިނާމުތަކެއް
މިއަދު ފެށި ފައިނޭންޝަލް އެކްސްޕޯގައި ދިވެހި އިންޝުއަރެންސްގެ ފަރާތުން ސިއްހީ ރައްކާތެރިކަމާއި ކެމެރާ އަދި ސައިކަލް އިންޝުއަރެންސް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި އެކްސްޕޯގައި ދިވެހި އިންޝުއަރެންސްއިން ވަނީ ހާއްސަ ސްޓޯލެއް ހުޅުވާފަ އެވެ.
ތަފްސީލް - މި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ތަފާތު އެކި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން:
-
އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ އެ ކުންފުނިން އަލަށް ތައާރަފުކުރި 'ގްލޯބަލް ހެލްތު އިންޝުއަރެންސް' ޕެކޭޖު
-
މިއީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުން ވެސް ސިއްހީ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެއް
މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ވެސް ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ކޮންމެ ދުވަހަކު:
-
ދެ ފަރާތަކަށް އިންސްޓެކްސް ކެމެރާ ގިފްޓް ޕެކް
-
ދެ ފަރާތަކަށް ސައިކަލްގެ ކޮމްޕްރިހެންސިވް އިންޝުއަރެންސް
ފާހަގަކޮށްލެވޭ - ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް ކުރިއަށްދާ މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ އެވެ.
މި އެކްސްޕޯގެ ތެރޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެ މީހުންގެ އާ އުފެއްދުންތައް ދައްކާލާ، ބައެއް ހިދުމަތްތައް ތައާރަފުކުރާނެ އެވެ.
މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ 'ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު' އެވެ.
ކޮމެންޓް