ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން މީހަކު ވިޔަފާރިކުރަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ބައެއް ވެބްސައިޓުތަކަށް ލިމިޓު އިތުރުކޮށްފި

ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކުރީ ބޭންކަށް ޑޮލަރު ލިބޭ ވަރަށް ވުރެ އިތުރަށް ވިއްކަން ޖެހި ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރަން ދަތިވުމުން
1 ގަޑިއިރު ކުރިން

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާފައި އޮންނަ ލިމިޓު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކާ އަދަދު ނިސްބަތުން ގިނަވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް އާންމުކޮށް ދިވެހިން ވިޔަފާރިކުރާ އޮންލައިން ވެބްސައިޓުތަކުން ވިޔަފާރި ކުރެވޭ މިންވަރު އޮތީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ.

ތަފްސީލް - ނަމަވެސް ބީއެމްއެލް އިން މި ހަފްތާ ތައާރަފުކުރި ޑޮލަރު އިންވެސްޓު ކުރެވޭ ސްކީމުތަކާ އެކު އެ ބޭންކުން މިހާރު ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ޕްލެޓްފޯމުތަކަށް ކޮންމެ ދުވަހަކަށް ކަނޑައަޅާފައި އޮންނަ ލިމިޓު އިތުރުކޮށްފަ އެވެ.

މީގެ ކުރިން ދުވަސް ފެށޭއިރު ލިމިޓު ހަމަވެ، އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ އިން ފެނެ އެވެ. އިއްޔެ އިރުއޮއްސުނު ފަހުން ވެސް އަދި ރޭގަނޑު ވެސް އެ ޕްލެޓްފޯމުތަކުން ވިޔަފާރި ކުރެވުނެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވީ އާންމުކޮށް ދިވެހިން ވިޔަފާރިކުރާ ވެބްސައިޓުތަކަށް ކަނޑައަޅާފައިވާ ލިމިޓު އިތުރުކޮށްފައިވާ ކަމަށެވެ.

"ކުރިން އެ ލިމިޓު ކުޑަވީމާ މަދު ކަސްޓަމަރަކަށް މި ބޭނުން ކުރެވެނީ. ޑެއިލީ އެލޮކޭޓުކޮށްފައި އޮންނަ މިންވަރު އިތުރުވީމާ، އެ ލިމިޓުން ބޭނުންކުރެވޭ ކަސްޓަމަރުން އިތުރުވާނެ." އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކުރީ ބޭންކަށް ޑޮލަރު ލިބޭ ވަރަށްވުރެ އިތުރަށް ވިއްކަން ޖެހި ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރަން ދަތިވުމުންނެވެ. އެގޮތުން:

  • މިހާރު މަހެއްގެ މައްޗަށް ބީއެމްއެލް ކާޑުތައް މެދުވެރިކޮށް 39.3 މިލިއަން ޑޮލަރު ބޭރުވޭ؛ މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %267 އިތުރު އަދަދެއް

  • ކާޑު މުއާމަލާތްތަކަށް ވިއްކާ ޑޮލަރުގެ %65 ވިއްކަނީ އީކޮމާސް ސައިޓުތަކަށް

ނަމަވެސް މިދިޔަ މަހުގެ 30ގައި ތައާރަފުކުރި އިންވެސްޓުމެންޓު ޕްރޮޑަކްޓާ އެކު ޑޮލަރު މައްސަލައަށް ހައްލު އަންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް