ރޭގެ ހަފްލާގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް އެވޯޑާ ހަވާލުވެ ވަޑައިގަންނަވަނީ (ފޮޓޯ/ބީއެމްއެލް)
ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ބީއެމްއެލް އަށް 2 އެވޯޑެއް
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ދޭ މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ބީއެމްއެލް އިން ރޭ ދެ އެވޯޑެއް ހާސިލްކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލީ ދާއިރާ އިން ދޭ މި އެވޯޑުގައި މިއަހަރު ބީއެމްއެލް އިން ހާސިލްކުރީ:
-
ބޭންކިން ދާއިރާ ކުރިއެރުވުމަށާއި، ޒަމާނީ ވަސީލަތްތައް ތައާރަފްކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ 'އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން' އެވޯޑު
-
ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ރަނގަޅު ހިދުމަތް ފޮރުކޮށްދޭ މާލި އިދާރާއަށް ދޭ 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނެބަލް ފައިނޭންސް' އެވޯޑު
ތަފްސީލް - އެމްއެމްއޭ އިން ދޭ ފައިނޭންޝަލް ސެކްޓާ އެވޯޑަކީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ތެރެއިން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
ބީއެމްއެލް އިން ބުނީ މި އަހަރު އެ ބޭންކަށް ލިބުނު އެވޯޑުތަކަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ ދައުރުގެ ހެއްކެއް ކަމަށެވެ.
ކޮމެންޓް