އެމިރޭޓްސްގެ ބޯޓެއް
އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް އަލުން ފަށައިފި
ދުބާއީގެ އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހަތަރު މަހަށް މެދުކަނޑާލާފައި އޮތް ދަތުރުތައް އަލުން ފެށިއިރު ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް އެމިރޭޓްސްގެ އިތުރު ރޫޓްތަކުގެ ދަތުރުތައް ވެސް އަލުން އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.
ތަފްސީލް - މިދިޔަ 28 ފެބްރުއަރީގައި ފެށި ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް އިން ދުބާއީ-މާލެ ދަތުރުތައް ވެސް މަދުކުރި އެވެ. އެ ދަތުރުތައް ވެސް މިހާރު ވަނީ އަލުން ފަށައިފަ އެވެ.
-
ހަނގުރާމައިގެ ސަބަބުން އެމިރޭޓްސްގެ 2،000އަށް ވުރެ ގިނަ ފްލައިޓު ކެންސަލް ކުރި
-
މެދުއިރުމަތީގެ އެއާލައިންތަކުން ކެންސަލްކުރި ދަތުރުތަކުގެ އަދަދު 30،000އަށް ވުރެ އިތުރު
އެމިރޭޓްސް އިން މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މާލެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށިއިރު، މިއީ ރާއްޖެ އަދި ލަންކާގެ އިގްތިސޯދަށް ވެސް މުހިއްމު ދަތުރުތަކެކެވެ.
ކޮމެންޓް