ބޭންކު ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރަނީ (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ކާޑުން ވިސާ ފީ ދައްކަން އެދޭ ހުރިހާ ދަރިވަރުންނަށް ހާއްސަ ލިމިޓެއް ދެނީ
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބޭނުންވާ ފައިސާ ދެއްކުމަށް އެދޭ ހުރިހާ ދަރިވަރުންނަށް ވެސް އެކަމަށް ހާއްސަކޮށް ކާޑު ލިމިޓެއް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވީ މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފައިސާ ދެއްކުމަށް ކާޑު ލިމިޓު ދެމުން ގޮސްފައިވަނީ 'ކޭސް ބައި ކޭސް'އަށް ބަލައިގެން ކަމަށެވެ.
ތަފްސީލް - ނަމަވެސް މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް ހުށަހެޅުމުން ކާޑަށް ލިމިޓު ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ބަދަލު ގެނައީ ވިސާ ފަައިސާ ދެއްކުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައިދިނުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެހީތެރިކަމާ އެކު ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް މީގެ ކުރިން 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ބޭންކުން އައީ ކާޑަށް ލިމިޓް ދެމުންނެވެ.
— Mohamed Saeed (@BMLSpokesperson) June 25, 2026
މި ބޭނުމަށް ދަރިވަރުންނަށް ބޭރުފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިވަނީ މިއަދުން…
ފާހަގަ ކުރެވޭ - ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްގެ ސްޓޫޑެންޓު ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންގެ ޑެބިޓް ކާޑަށް މަހަކު 1،200 ޑޮލަރުގެ ލިމިޓެއް ދެ އެވެ.
މީގެ އިތުރުން، ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ހަރަދުތަކަށް ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ބީއެމްއެލް އިން ދެ އެވެ. އަދި ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލް އިން ބުނީ ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބޭނެ ކަމަށާއިި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ކޮމެންޓް