ފްރެންޗު ބީ އެއާލައިނުން ރާއްޖެ އާއި ލަންކާއަށް ދަތުރު ފަށާނެކަން ވަނީ އިއުލާނުކޮށްފައި.

ފިނި މޫސުމާ ދިމާކޮށް ފްރާންސްގެ ފްރެންޗު ބީން ރާއްޖެއަށް ދަތުރު ބާއްވަނީ

ފްރެންޗު ބީގެ ސީއީއޯ މާކް-އެންޓޮނީ ވިދާޅުވީ ރާއްޖެ އާއި ލަންކާއަށް ފަށާ ދަތުރުތަކަކީ އެ އެއާލައިނުގެ ނެޓްވޯކު ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށް
1 ގަޑިއިރު ކުރިން

މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ފްރާންސްގެ ސްމާޓް-ކޮސްޓް އެއާލައިން، ފްރެންޗު ބީން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ އެއާލައިނުގެ ނެޓްވޯކު ވަރުގަދަކުރަން ކުރާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ އިތުރުން ލަންކާއަށް ވެސް ދަތުރުތައް ބާއްވާނެ އެވެ.

ތަފްސީލް - 19 ޑިސެމްބަރުން ފެށިގެން މި ދަތުރުތައް ބާއްވަން ނިންމާފައިވާއިރު، މިހާރުން ފެށިގެން ޓިކެޓު ނެގޭނެ އެވެ.

ފްރެންޗު ބީގެ ސީއީއޯ މާކް-އެންޓޮނީ ވިދާޅުވީ ރާއްޖެ އާއި ލަންކާއަށް ފަށާ ދަތުރުތަކަކީ އެ އެއާލައިނުގެ ނެޓްވޯކު ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދަތުރުތައް ބާއްވަން ނިންމާފައިވާއިރު، ރާއްޖެ އާއި ލަންކާގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަތުރުވެރިންނަށް މި ދެ މަންޒިލް ތަޖުރިބާކުރުމަށް މިއީ ލިބޭނެ ފުރުސަތެއް ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

ފާހަގަ ކުރެވޭ - ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ފްރާންސަކީ ހަތް ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް 29،000އަށް ވުރެ ގިނަ ފަތުރުވެރިން ފްރާންސުން ރާއްޖެ އައިސްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް