މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މައި އޮފީސް. (ފޮޓޯ/އެމްއައިބީ)

އެމްއައިބީ

އެމްއައިބީން ވެސް ބައެއް ސައިޓުތަކަށް ޑޮލަރު ލިމިޓް ކަނޑާލައިފި

އެ ބޭންކުން ބުނިގޮތުގައި އެގޮތަށް ނިންމީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ 250 ޑޮލަރު ބައެއް ކަސްޓަމަރުން އެހެން ކަންކަމަށް ބޭނުންކުޜާތީ
1 ގަޑިއިރު ކުރިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ރުފިޔާ ކާޑަށް ކަނޑައަޅާފައިވާ 250 ޑޮލަރު ބައެއް ވެބްސައިޓުތަކަށް ކަނޑާލައި، ޓްރާންސެކްޝަންތަކުގެ އަދަދު 10 އަށް ލިމިޓްކޮށްފި އެވެ.

ތަފްސީލް - އެމްއައިބީއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ ރުފިޔާ ކާޑަށް 250 ޑޮލަރު ދޫކުރަމުން ގެންދިޔައީ ޒަރޫރީ ބޭނުންތަކަށް ކަމަށެވެ. އެކަމަކު މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެހެން ބޭނުންތަކަށް މި ލިމިޓް ބޭނުން ކުރަމުންދިޔަ ކަމަށް އެ ބޭންކުން ބުންޏެވެ.

އެހެންވެ، އެމްއައިބީއިން ބުނިގޮތުގައި:

  • މި ވަގުތުން ފެށިގެން ބައެއް ވިޔަފާރި ސައިޓުތަކުގައި މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައި

  • އެއާއެކު، އީ-ކޮމާސް ސައިޓުތަކަށް ދެން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން

  • އެކަމަކު ބައެއް ވިޔަފާރި ސައިޓުތައް ފިޔަވައި ކަސްޓަމަރުން އާއްމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުން ކުރެވޭނެ

އެމްއައިބީން ބުނިގޮތުގައި މިގޮތަށް ނިންމީ، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް