މޯލްޑީވް ގޭސްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޯލްޑިވް ގޭސް

ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު މޯލްޑިވް ގޭހުން ބޮޑުކޮށްފި

ރިސޯޓު، ކެފޭ، ހޮޓަލް އަދި ކޮމާޝަލް ކަސްޓަމަރުންނަށް ގޭސް ފުޅި ރިފިލްކޮށްދޭ އަގު ބޮޑުކުރި ނަމަވެސް އާންމު ގޭބީސީތަކުގައި ބޭނުންކުރާ ގޭސްފުޅީގެ އަގަށް ބަދަލު ގެނެސްފައެއް ނުވޭ
1 ގަޑިއިރު ކުރިން

މޯލްޑިވް ގޭހުން ވިޔަފާރިތަކަށާއި ރިސޯޓުތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިން ވަނީ 45 ކިލޯ އަދި 22 ކިލޯގެ ގޭސް ފުޅިއަށް ގޭސް ރިފިލްކޮށްދޭ އަގުތައް ބޮޑުކޮށްފަ އެވެ.

ތަފްސީލް - މި ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ގަތުމަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވަނިކޮށެވެ.

މިއާއެކު މިހާރު 45 ކިލޯގެ ގޭސްފުޅި ރިފިލްކޮށްދެނީ:

  • ރިސޯޓު ކަސްޓަމަރުންނަށް ކުރީގެ އަގަށް ވުރެ %25 ބޮޑުކޮށް

  • އެނޫން ކަސްޓަމަރުންނަށް ކުރީގެ އަގަށްވުރެ %15 ބޮޑުކޮށް

މީގެ އިތުރުން 22 ކިލޯގެ ފުޅިއަށް ގޭސް އަޅައިދޭ އަގު ވެސް ވަނީ %14 ބޮޑުކޮށްފަ އެވެ.

މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ބުނީ ރިސޯޓު، ކެފޭ، ހޮޓަލް އަދި ކޮމާޝަލް ކަސްޓަމަރުންނަށް ގޭސް ފުޅި ރިފިލްކޮށްދޭ އަގު ބޮޑުކުރި ނަމަވެސް އާންމު ގޭބީސީތަކުގައި ބޭނުންކުރާ ގޭސްފުޅީގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް