މީގެ ކުރިން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ( ފޮޓޯ/ރައީސް އޮފީސް)
ސަރުކާރުގެ މުސާރަތަކަށް އިތުރަަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި
މިއަހަރުގެ ފުރަތަމަ ތިން މަސް ފާއިތުވީއިރު ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރަށް ވުރެ ގިނައިން ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލީ ވުޒާރާއިން އާންމުކުރާ ހަރަދާއި އާމްދަނީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަރުކާރު މުވައްޒަަފުންގެ މުސާރަ އާއި އިނާޔަތްތަކަށް:
-
5.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި
-
މިއީ މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު 477.4 މިލިއަން ރުފިޔާ ނުވަތަ %10 އިތުރު އަދަދެއް
ތަފްސީލް - މީގެ އިތުރަށް ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދޫކުރި ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ވަނީ 2.1 މިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކަށް ހޭދަކޮށްފަ އެވެ. އެއީ 16.2 މިލިއަން ރުފިޔާ އެވެ. އެ އަދަދުގެ ބޮޑު ބައެއް ވެސް ދާނީ ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.
މިހާތަނަށް ސަރުކާރުގެ ހަރަދު ވަނީ މިދިޔަ އަހަރަށް ވުރެ 8.5 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %49 އިތުރު އަދަދެކެވެ. އެގޮތުން:
-
މިހާތަނަށް ހަރަދުކުރި ޖުމްލަ ހަރަދުގެ %33 އަކީ ދަރަނި ދައްކަން ހުރި ހޭދަ
ފާހަގަކޮށްލެވޭ - ހަރަދުތައް ބޮޑުވެފައިވީ ނަމަވެސް އީރާން ހަނގުރާމައާ ވިދިގެން ޓޫރިސްޓުން އަންނަވަރު މަދުވެ މިދިޔަ މަހުގެ އާމްދަނީ ވަނީ %6 ދަށަށް ގޮސްފަ އެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމްގެ ޓެކްސްތަކާއި ފީތަކުން ދައުލަތަށް ލިބުނު އަދަދު ދަށަށް ގޮސްފައި ވާތީ އެވެ.
ކޮމެންޓް