ބީއެމްއެލްގެ އެޕް. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކޮށްގެން ހަފްތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ޑޭބިޓް ކާޑުން ޓްރާންސެކްޝަން ހިންގައިގެން ކޮންމެ ހަފްތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ހަތް ހަފްތާގެ މުއްދަތަށް، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ތަފްސީލް - މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރާ ކަސްޓަމަރުންނަށެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތް ކުރަންޖެހޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެން އަދި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ކޮމެންޓް