އިރާން-އިޒްރޭލް ހަނގުރާމައާއެކު މެދު އިރުމަތީގެ ފްލައިޓުތައް ކެންސަލްވުމާ ގުޅިގެން ރާއްޖޭގައި ތާށިވި ބައެއް ފަތުރުވެރިން ހުޅުމާލޭގެ ގޮޑުދޮށުގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މިިދިޔަ މަހު ދައުލަތުގެ އާމްދަނީ %6 ދަށަށް ހިނގައްޖެ

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ވެސް ވަނީ %15ގެ ދަށްވުމެއް އައިސްފައި
1 ގަޑިއިރު ކުރިން

ޓޫރިޒަމަށް ކުރި އަސަރާ އެކު މިިދިޔަ މަހު ދައުލަތުގެ އާމްދަނީ %6 ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އީދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީރާއިން އިއްޔެ އާންމުކުރި މިދިޔަ މޭ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 2 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު: 

  • 127 މިލިއަން ރުފިޔާ މަދު، %5.8 ދަށް އަދަދެއް 

  • މީރާއިން ލަފާކުރި އަދަދަށް ވުރެ %0.3 ދަށް އަދަދެއް 

ތަފްސީލް - އާމްދަނީއަށް ދަށްވުމެއް އައިސްފައި މި ވަނީ، މީރާއިން ފާހަގަކުރި ގޮތުގައި، ޖީއެސްޓީ، ގްރީން ޓެކްސް، ރިސޯޓް ކުލި އަދި ބިދޭސީންގެ ވިސާ ފީން ލިބުނު އަދަދު ދަށްވުމާ ވިދިގެންނެވެ. އެގޮތުން: 

  • ޖީއެސްޓީ - 205.2 މިލިއަން ރުފިޔާ މަދުވެފައި 

  • ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ - 207 މިލިއަން ރުފިޔާ މަދުވެފައި 

  • ގްރީން ޓެކްސް - 66.4 މިލިއަން ރުފިޔާ ވަނީ މަދުވެފައި 

  • ޓޫރިޒަމް ބިމު ކުލި - 8.8 މިލިއަން ރުފިޔާ ވަނީ މަދުވެފައި 

  • ބިދޭސީންގެ ކޯޓާ ފީ - 8.6 މިލިއަން ރުފިޔާ ވަނީ މަދުވެފައި 

މީރާއިން ފާހަގަކުރި ގޮތުގައި، އީރާން ހަނގުރާމަ އާއި މެދުއިރުމަތީގެ ހަމަނުޖެހުންތައް މިދިޔަ މަހު ގޯސްވެފައިވުމުން ލަފާކުރި އަދަދަށް ވުރެ ޓޫރިސްޓުން ރާއްޖެ އައި އަދަދު %4.4 ދަށްވެފައިވާ ކަމަށެވެ. ޓޫރިޒަމް އާމްދަނީ ދަށްވި އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. 

ޑޮލަރު އާމްދަނީ ބޮޑު ތަނުން ދަށްވެއްޖެ

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ވެސް ވަނީ %15ގެ ދަށްވުމެއް އައިސްފަ އެވެ. އެގޮތުން: 

  • 16.2 މިލިއަން ޑޮލަރު މަދު އަދަދެއް

  • މިދިޔަ މަހު ލިބުނީ 89 މިލިއަން ޑޮލަރު

މިއަހަރުގެ ފަސް މަސްދުވަސް ފާއިތުވީއިރު ދައުލަތަށް ލިބުނު ޖުމްލަ އާާމްދަނީ އަކީ 16.4 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީއަކީ 749.3 މިލިއަން ޑޮލަރެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް