މި މަހުގެ 23ގައި ރާއްޖެ އައުމަށް ތާވަލުކޮށްފައިވާ ކްރޫޒް ޝިޕް (ފޮޓޯ/މާޔާ)

ޓޫރިޒަމް

ޗައިނާގެ ކްރޫޒް ބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެ އަންނަނީ

މި އަހަރުގެ މިހާތަނަށް 14،000އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒް ޝިޕުތަކުގައި ރާއްޖެ އައިސްފައިވޭ

ޗައިނާގެ ކްރޫޒް ޝިޕެއް ފުރަތަމަަ ފަހަރަށް ރާއްޖެ އަންނަން ޝެޑިއުލްކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން މިއަދު ބުނީ މި ކްރޫޒް ޝިޕް ރާއްޖެ އަންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 7 ޖަހާއިރު ކަމަށެވެ.

ތަފްސީލް - އެ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ރާއްޖެއިން ފުރުމަށް ތާވަލުކޮށްފައިވާ ކްރޫޒް ޝިޕަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

މާޔާ އިން ބުނީ ޗައިނާ އިން ކްރޫޒް ޝިޕެއް އައުމަކީ ކާމިޔާބީއެއް ކަމަށާއި ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ދައްކާލަން ތައްޔާރަށް އޮތް ކަމަށެވެ.

ފާހަގަ ކުރެވޭ - ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 14،000އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒް ޝިޕުތަކުގައި ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ގައުމުން 149،207 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް