މަސްދޯންޏެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިފްކޯ

މަސްވެރިކަން ދަށްވެ މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

މަސް ކިލޯއެއްގެ އަގު ދާއިމީކޮށް 20ރ.އަށް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް
1 ގަޑިއިރު ކުރިން

މި ދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށް ވުމާ އެކު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ގަންނަ އަގު 17ރ. އިން 18.50ރ.އަށް މިއަދު ބޮޑުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިފްކޯ އިން ފާއިތުވި ދުވަސްތަކުގައި ކަޅުބިލަ މަސް ގަންނަމުން ދިޔައީ 17ރ.އަށް ކިލޯއެއްގެ މަގުންނެވެ. ނަމަވެސް އެ ކުންފުނިން މިއަދު އާންމުކޮށްފައިވާ ގޮތުން، މަސް ގަންނަ 8 ބަނދަރުން ވެސް ކަޅުބިލަ މަސް މިއަދު ގަންނާނީ 18.50ރ. އަށެވެ.

ތަފްސީލް - މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސްއާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނީ، މަސް ގަންނަ އަގު ބިނާވަނީ ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި މި ދުވަސްވަރު މަސްވެރިކަން ދަށްވުމުން މަސް ގަންނަ އަގު މިހާރަށް ވުރެ ރަނގަޅުވުން ވެސް އެކަށީގެންވާ ކަމަށެވެ.

ކަޅުބިލަމަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް، ބޮޑުކަންނެލި ގަންނަ އަގަށް މިފްކޯ އިން ބަދަލެއް ނުގެނެ އެވެ. އެގޮތުން:

  • އެ ކުންފުނިން 10-15 ކިލޯގެ ބޮޑުކަންނެލި ގަންނަނީ 20ރ.އަށް

  • 15 ކިލޯ އިން މަތީގެ ބޮޑުކަންނެލި ގަންނަނީ 25ރ.އަށް

ފާހަގަ ކުރެވޭ- މަސް ކިލޯއެއްގެ އަގު 20ރ.އަށް ކަނޑައަޅައި ދާއިމީ ގޮތެއްގައި އެ އަގުގައި މަސް ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް