ބޭންކިން ލައިސަންސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ނޫރައިންއާ ހަވާލުކުރައްވަނީ (ފޮޓޯ/އެމްއެމްއޭ)

އެމްއެމްއޭ

ޖަނާހުގެ ޕްރިމިއާ ބޭންކަށް ހިދުމަތް ފަށަން އެމްއެމްއޭއިން ހުއްދަ ދީފި

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރާނެ

މަރުކަޒީ ބޭންކް، އެމްއެމްއޭއިން 'މޯލްޑިވްސް ޕްރިމިއާ ބޭންކް'ގެ ނަމުގައި ރާއްޖޭގައި އާ ބޭންކެއް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ މިއަދު ދީފި އެވެ.

އެނގުން މުހިންމު - އެމްއެމްއޭން ބޭންކިން ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް ދިން، 'މޯލްޑިވްސް ޕްރިމިއާ ބޭންކް'ގެ ހަމައެކަނި ހިއްސާދާރަކީ:

  • އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިވެރިޔާ އަދި ރައީސް މުހައްމަދު މުއިއްޒުގެ އިކޮނޮމިކް އެންޑް ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ދަފްތަރުން ދައްކާ 

ތަފްސީލް - އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކަށް ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދިނީ އެމްއެމްއޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެގޮތުން  އެ ލައިސަންސާ ހަވާލުވީ: 

  • އެމްއޭސީއެލްގެ ޗެއާމަންގެ މަގާމު ފުރުއްވާ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު

އެ ބޭންކުގެ ބޯޑުގައި ހިމެނެނީ:

  • އިސްމާއިލް އަލިމަނިކު: ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެއް

  • ނޫރްހައިރާ ލިމްޕާއޯ އޮސޮޕް ސަދަވާ

  • ރަހީމާ ސަލީމް: އެޗްޑީއެފްސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު 

  • މަރިޔަމް ޝާހިދާ މުހައްމަދު 

  • އައިޝަތު ނޫރައިން ޖަނާހު 

  • ފާތިމަތު ސުޖާތާ ހަލީމް:  ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ

  • މުހައްމަދު ހުސެއިން މަނިކު: މި ފަހުން ސީއެމްޑީގެ ސީއީއޯކަމުން އިސްތިއުފާ ދެއްވި

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ހުއްދަ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭ އާއި އެ ބޭންކުގެ އިސް ވެރިން ބައިވެރިވަނީ (ފޮޓޯ/އެމްއެމްއޭ)

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެމްއެމްއޭގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވި އެވެ. އަދި މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުންގެ އިތުރުން ސީނިއާ މެނޭޖްމަންޓުން ވެސް ބައިވެރިވި އެވެ.

ފާހަގަކޮށްލެވޭ - މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރާނެ އެވެ. 

އެމްއެމްއޭގެ ބަސް - އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށާއި ބޭންކިން ދާއިރާގެ ވާދަވެރިކަން ބޮޑުކުރަން އަދި މާލީ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. 

ކޮމެންޓް (3)

ތެފައާސާ.

19 މޭ 2026
ޖަނާއާއި ރައީސް މުއިއްޒުގެ ގުޅުމަކީ ހަމަ އެކަނި މި ސަރުކާރުގައި ޖަނާއަށް އިކޮނޮމިކް އެޑްވައިޒަރުކަން ދީގެން ގާއިމްވެ ދެމިއޮތް ގުޅުމެއް ނޫން. މީގެ އެތަކެއް އަހަރެއް ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީއަކަށް އޮސްޓްރޭލިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓު ޖަނާގެ ކުންފުނިން ނަގައިދީ، އޭގެ ޕޭމަންޓުގެ ވައުޗާރ އާއި ޗެކުގެ ތަފްސީލްތައް ޕަބްލިކް ޑޮމެއިންތަކުގައިވެސް ދައުރުވި. އޭރު ރައީސް މުއިއްޒުއަކީ ހައުސިންގ މިނިސްޓަރ. އަދި ޖަނާއަކީ، ހާބަރު ފުޑް ކޯޓުފަދަ، ހައުސިންގ މިނިސްޓަރީއިން ކުރިއަށް ގެންދިޔަ އެތަކެއް ޕްރޮޖެކްޓްތަކެއް ވިން ކުރައްވައިގެން ކުރިއަށް ގެންދެވި ވިޔަފާރިވެރިއެއް.
4 0

ސިކުނޑި

19 މޭ 2026
އިކޮނޮމިކް އެޑްވައިޒަރު ދެ އަހަރުވިއިރު އެ ހުޅުވާލީ ބޭންކެއް! މާލީ ބަޔާން ކޮންމެ ގޮތަކަށް އޮތަސް ގައިމު ބުރަކަށި ކަހައިދެވިފަ ހުންނާނެތާ!
9 0

ކޮމެންޓު މޭން

19 މޭ 2026
ނުވަދިހައިގެ އަހަރުތަކުގައި އަރާ އަރަފޯދި މީހުން ޑިގްރީ ހިފައިގެން އައީމާ ޑިގްރީ ތިބި މީހުން މަދުވީތީ ތަނުގެ ހެޗ.އޯ.ޑީ ކަން ލިބި އެގޮތުގެ މަތިން މީހުންނަށް އަމުރުކުރުމުގައި އުމުރު ނަގާލި މީހުން ރިޓަޔަރު ވީމާ ތިތަނުގެ ބޯޑަށްލީމާ ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ! ތިއީ އަސްލު ހެދުނު އެންމެ ބޮޑު މިސްޓޭކު. ދެން ހިނގާ ބަލަމާ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް