މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ އާމްދަނީއަށް މި ވަނީ ބޮޑު ހީނަރުކަމެއް އައިސްފައި (ފޮޓޯ/ބީއެމްއެލް)

މީރާ

އެއް މަހުން 6 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިއްޖެ

އެޕްރީލް މަހު ދައުލަތަށް ލިބުނީ 120.7 މިލިއަން ޑޮލަރު؛ މިދިޔަ އަހަރުގެ އެ މުއްދަތުގައި 127.1 މިލިއަން ޑޮލަރު ލިބުނު

އީރާން ހަނގުރާމައާ ވިދިގެން ޓޫރިސްޓުން އަންނަވަރު މަދުވުމާ އެކު މިދިޔަ އެޕްރީލް މަސް ތެރޭ ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީން 6 މިލިއަނެއްހާ ޑޮލަރު މަދުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ހާމަކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި: 

  • އެޕްރީލް މަހު ދައުލަތަށް ލިބުނީ 120.7 މިލިއަން ޑޮލަރު؛ މިދިޔަ އަހަރުގެ އެ މުއްދަތުގައި 127.1 މިލިއަން ޑޮލަރު ލިބުނު

  • އެހެންކަމުން ޑޮލަރުގެ އާމްދަނީން މި ވަނީ 6.4 މިލިއަން ޑޮލަރު މަދުވެފައި؛ މިއީ %5ގެ ވެއްޓުމެއް

ތަފްސީލް - ދައުލަތަށް އެންމެ ގިނައިން ބޭރު ފައިސާއިން އާމްދަނީ ވަންނަ ޓެކުހާއި ފީތަކުން ލިބުނު އާމްދަނީއަށް ބަލާއިރު: 

  • ޓީޖީއެސްޓީން - 56 މިލިއަން ޑޮލަރު ވަނީ މަދުވެފައި

  • ގްރީން ޓެކުހުން - 2.7 މިލިއަން ޑޮލަރ ވަނީ މަދުވެފައި 

  • އެއާޕޯޓް ޑިވަލޮޕްމަންޓް ފީ -  1.2 މިލިއަން ޑޮލަރު ވަނީ މަދުވެފައި 

  • ޑިޕާޗާ ޓެކުހުން - 1.2 މިލިއަން ޑޮލަރު ވަނީ މަދުވެފައި 

މިއަހަރުގެ ހަތަރު މަސް ދުވަސްތެރޭ ޑޮލަރުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 660.8 މިލިއަން ޑޮލަރެވެ. 

ޓޫރިޒަމަށް %5ގެ މަޑުޖެހުމެއް

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 49،134 މީހުން މަދު އަދަދެކެވެ. އެގޮތުން މޭ 13އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ: 

  • 856،471 މީހުން؛ މިދިޔަ އަހަރުގެ އެ މުއްދަތުގައި 905،605 ޓޫރިސްޓުން ރާއްޖެ އައި

  • މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ، 6،488 ޓޫރިސްޓުން؛ މިދިޔަ އަހަރު އެ އަދަދު ހުރީ 6861ގައި 

ޓޫރިޒަމަށް ހީނަރުކަން މި އައީ އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަ މެދުއިރުމަތީގެ ގިނަ ފްލައިޓްތައް ދަތުރުތައް ހުއްޓާލުމާއި ދުނިޔޭގެ އިގްތިސާދު ދަށްވުމާ ވިދިގެންނެވެ. 

މުޅި ދައުލަތުގެ އާމްދަނީއަށް ވެސް ހީނަރުކަން

ޑޮލަރުގެ އާމްދަނީ ދަށްވުމާ އެކު މުޅި ދައުލަތުގެ ޖުމްލަ އާމްދަނީއަށް ވެސް މިދިޔަ މަހު ވަނީ ހީނަރުކަމާ ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ މަހު ދައުލަތަށް ލިބުނު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއަކީ: 

  • މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.7 މިލިއަން ރުފިޔާ މަދު އަދަދެއް 

އެޕްރީލް މަހާ ހަމައަށް ދައުލަތަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 14.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް