މަޓީގެ ޗެއާޕާސަން ހުސެއިން އަފީފް ވާހަކަ ދައްކަވަނީ: ބީއެމްއެލުން ޓޫރިޒަމަށް ދޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވި (ފައިލް ފޮޓޯ/ރައީސް އޮފީސް)

ބީއެމްއެލް

ބީއެމްއެލްއަކީ ޓޫރިޒަމް ދާއިރާގެ މުހިއްމު ބައިވެރިއެއް: މަޓީ

މަޓީގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވީ ބޭންކުން ދޫކުރާ މާލީ އެހީގެ ސަބަބުން، އެ ދާއިރާ ފުޅާކޮށް އާ ހިދުމަތްތައް ތައާރަފްކުރުމަށާއި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭ ކަމަށް

ޓޫރިޒަމްގެ ދާއިރާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ އެހީތެރިކަން ބޮޑުކަމަށާއި އެއީ އެ ދާއިރާގެ މުހިއްމު އަދި އިސް ބައިވެރިއެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް  ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބީއެމްއެލުން ކުރިއަށް ގެންދިޔަ 'ނޮން-ޑީލް ރޯޑް ޝޯ'ގެ ބައްދަލުވާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޓޫރިޒަމްގެ އެއް ބާނީ ވިދާޅުވީ ބޭންކުން ދޫކުރާ މާލީ އެހީގެ ސަބަބުން، އެ ދާއިރާ ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފްކުރުމަށް އަދި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ ކަމަށެވެ.

އަފީފް ވިދާޅުވި ގޮތުގައި މާލީ އެހީ ހޯދާނެ އާ މަގުތައް ދެނެގަތުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމުގައި ހިއްސާ ބޮޑުވާނެ އެވެ.

ބީއެމްއެލުން މި ބައްދަލުވުންތައް ބާއްވާފައިވަނީ، މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް، ސިންގަޕޫރާއި ހޮންގް ކޮންގް އަދި ލަންޑަނުގަ އެވެ. ބައްދަލުވުންތަކުގެ މަގްސަދަކީ، އެ ބޭންކުން ބުނިގޮތުގައި، ބައިނަލްއަގްވާމީ ފަންޑުތަކުން ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމެވެ.

ބީއެމްއެލުން ބުނީ:

  • އެގޮތުން ހޯދާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި ޓޫރިޒަމްގެ ދާއިރާއަށް ވާ އެހީތެރިކަން އިތުރުކުރުމަށް ކަމަށް

  • ޓޫރިޒަމަށް މިހާރު ވެސް ބޭންކުން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ ދާއިރާއަށް 594 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް

  • އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 35 މިލިޔަން ޑޮލަރު އެ ދާއިރާއަށް ދޫކޮށްފައިވާ ކަމަށް

ބީއެމްއެލުން ބުނިގޮތުގައި މި ބައްދަލުވުންތައް ބާއްވާފައިވަނީ އެތަނުގެ 43 އަހަރުގެ ތާރީހުގައި އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދި ކާމިޔާބު އަހަރަކަށް ފަހު އެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، އެ ބޭންކު މިހާރު އޮތީ މާލީ ރަނގަޅު ހާލަތެއްގައި، ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާ އެކުގައި ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާ އެކު ބޭއްވި އެ ބައްދަލުވުންތަކުން ވަރަށް އުއްމީދީ ނަތީޖާތަކެއް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދުގެ ކުރިމަގަށާއި ބޭންކުގެ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

9 މޭ 2026
ކިތަންމެ ވަރަކަށް ބޭންކުގެ މޫނު މަތި ރީތި ކުރިޔަސް ހަފުސް ވެފައި އޮތް ތޮށިގަނޑެއް އެއީ! މިސަރުކާރުން ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ ވާނެހައެތި އެވީ! އަދިވެސް ގަދަދައްކަންވެގެން ލިމިޓް ކުޑަނުކުރޭ! އޭގެ މައްޗަށް ވައްޓާލީ އަދި މާބޮޑު ލިމިޓެއް! ރައީސް ވިދާޅުވެގެން ޑޮލަރު ލިމިޓް ކުރިން ބޮޑުކޮށްދީފަ އެހެރީ! އެކަމަކު ޓްރާންސެކްޝަނެއް ނެހެދޭ!! މިސަރުކާރުން ހުރިހާކަމެއްވެސް ކޮށްފައި އޮތީ ހަމަ މި ބީދައިން!! ބޭރުމަގު ހެދުން ފިޔަވައި އެއްކަމެއްވެސްނެތް ތާކުންތާކުޖެހޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް