ފްލައި ދުބާއީގެ ބޯޓެއް ވީއައިއޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދުބާއީ

ފްލައިދުބާއީން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށަނީ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާ، ވައިގެ މަގުން ގެންނަ މުދާ ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައި ފްލައި ދުބާއީގެ ދަތުރުތަކާއެކު މެދުއިރުމަތިން މުދާ ގެންނަ ވިޔަފާރިތަކަށް ރާއްޖެ އަށް މުދާ ގެނައުމުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ

ފްލައިދުބާއީން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއީ އެ އެއާލައިނުން ކާގޯ-އިން ކެބިންގެ ހިދުމަތް ރާއްޖެއަށް ފަށާ ފުރަތަމަ ފަހަރެވެ. މީގެ ފުރަތަމަ ދަތުރު މި ހަފްތާގެ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ތަފްސީލް - ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މި ހިދުމަތް ފަށަން ރާއްޖޭގެ ސިވިލް އޭވިއޭޝަނުގެ ހުއްދަ ލިބުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ފްލައިދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ރާއްޖެއަށް ކުރަން ނިންމި ނިންމުން އުފަލާ އެކު ބަލައިގަންނަ ކަމަށް ފިރާގު ވިދާޅުވި އެވެ.

ފްލައިދުބާއީން ވަނީ މި މަހުގެ 29އާ ހަމައަށް ކާގޯ-އިން ކެބިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަން ތާވަލުކޮށްފަ އެވެ. މި ހިދުމަތުގެ ދަށުން އެއާކްރާފްޓުގެ ކާގޯ ހޯލްޑުގެ އިތުރުން ކެބިންގައި ވެސް ކާގޯ މުދާ އުފުލާނެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރާ، ވައިގެ މަގުން ގެންނަ މުދާ ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ފްލައިދުބާއީގެ ދަތުރުތަކާ އެކު ދުބާއީ އާއި މެދުއިރުމަތިން މުދާ ގެންނަ ވިޔަފާރިތަކަށް ރާއްޖެއަށް މުދާ ގެނައުމުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް