ޗެޑީ ހޮސްޕިޓަލިޓީ އާއި ޖޭއައިއެޗް ގްލޯބަލް އިންވެސްޓުމެންޓާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ތަރައްގީކޮށް ހިންގުމަށްސ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ޗެޑީ)

ޓޫރިޒަމް

ދުބާއީގެ ޗެޑީން ރާއްޖޭގައި ރިސޯޓަކާއި ރެޒިޑެންސް ތަރައްގީ ކުރަނީ

މި މަޝްރޫއު ކުރިއަށް ގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ކުންފުނި، ޖޭއައިއެޗު ގްލޯބަލްއާ ގުޅިގެން

ދުބާއީގެ މަޝްހޫރު ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑު، ޗެޑީ ހޮސްޕިޓަލިޓީން ޖޭއައިއެޗު ގްލޯބަލް އިންޓަނޭޝަނަލްއާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ތަރައްގީކޮށް، ބްރޭންޑެޑް ލަގްޒަރީ ރެޒިޑެންސްތަކެއް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޗެޑީން ގެނެސްދޭ މަތީ ފަންތީގެ އަދި ސަގާފީ އޮތެންޓިސިޓީގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ މި މަޝްރޫއަކީ ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމުގެ އިހުސާސާ އެކު ޕްރައިވެސީ އާއި އާކިޓެކްޗާ ބެލެންސްވާނެހެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

ތަފްސީލް - މި މަޝްރޫއާ ގުޅޭ ގޮތުން ޗެޑީ ހޮސްޕިޓަލިޓީގެ ރައީސް އަދި ގްރޫޕް ސީއީއޯ ސްޓެފަން ޝުޕްބާކް ވިދާޅުވީ މި ޕާޓްނާޝިޕާ އެކު ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް އެ ބްރޭންޑު ގެންދިއުމަކީ ޗެޑީގެ ކުރިއެރުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމެންޓްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގައި އެންމެ އިސްކަން ދޭނީ ދިވެހިވަންތަކަން ދެމެހެއްޓުމާ އެކު އެންމެ މަތީ ފަންތީގެ ދިރިއުޅުމުގެ އެޕްރޯޗަކަށް. އަޅުގަނޑުމެންގެ އެ ވިސްނުމަށް ރާއްޖެއަކީ ގުދުރަތީ ކެންވަސްއެއް. ރާއްޖޭގެ މާހައުލާއި ތިމާވެއްޓާ އޮންނަ ގުޅުމާ އެކު މި ތަޖުރިބާ ގެނެސްދޭން ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.

ޖޭއައިއެޗް ގްލޯބަލް އިންވެސްޓުމެންޓުގެ ޗެއާމަން އަދި ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖެއަށް މި މަޝްރޫއު ގެނައުމަށް ޗެޑީ އިންވެސްޓުމެންޓާ އެކު މަސައްކަތް ކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ފަންތީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު އަބަދު ވެސް މަސައްކަތް ކުރަނީ ދުރު ރާސްތާގެ ތަަސައްވަރަކާ އެކު މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް