ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ބީއެމްއެލް

ބީއެމްއެލްގައި ޑޮލަރު ލިކުއިޑިޓީ ނެތްކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އެމްއެމްއޭގައި ހުރި ބޭންކުގެ ރިޒާވް ވެސް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި ނޮސްޓްރޯގަައި ވެސް ރަނގަޅު މިންވަރަކަށް ފައިސާ އެބަހުރި ކަމަށް ޝަރީފް ވިދާޅުވި

ބީއެމްއެލްގައި ޑޮލަރު ލިކުއިޑިޓީ ނެތްކަމަށް ބުނެ ދައްކަމުންދާ ވާހަކަ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ދޮގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށް އާ ހަ ބްރާންޗެއް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނަށް އޮޅޭ ގޮތަށް ބޭންކަށާއި މުޅި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާނެ ފަދަ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

ބުނީ ކީކޭ؟ - "މިއަދު ވަރަށް ބޮޑަށް ފަތުރަމުންދާ ވާހަކައެއް ބޭންކުގެ ޑޮލަރު ލިކުއިޑިޓީ ނެތް ވާހަކަ. ޓީޓީ ނުފޮނުވޭ ވާހަކަ. އަދި އަޅުގަނޑުމެންގެ އެންއޯޕީ ވަރަށް ދަށް ވާހަކަ. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އަޅުގަނޑުމެންގެ އެންއޯޕީ ހުރީ ކުރިން ނެތް ވަރަށް ހަރުދަނާ ގޮތެއްގައި އެންމެ ރަނގަޅު މިންވަރަކަށް،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއެމްއޭގައި ހުރި ބޭންކުގެ ރިޒާވް ވެސް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށާއި ނޮސްޓްރޯގަައި ވެސް ރަނގަޅު މިންވަރަކަށް ފައިސާ އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދާ ހަމައަށް ނުފޮނުވާ ބަހައްޓާފައި ހުރި އެންމެ ޓީޓީ އެއްވެސް ނުހުންނާނެ. އަޅުގަނޑުމެން އަތުގައި ކޭޝް ވެސް އެބަހުރި. މިރޭ މި ހުޅުވީ 70 ޑޮލަރު އޭޓީއެމް. މި ހުރިހާ ޑޮލަރު އޭޓީއެމްއަކުން ވެސް ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްއާ މެދު ނުރަނގަޅު ތަސައްވަރު އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ބޭންކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ކަމަށާއި އެފަދަ އަމަލުތަކުގެ ގެއްލުން ލިބޭނީ ހަމައެކަނި ބޭންކަށް ނޫން ކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދަށް ވެސް މީގެ ގެއްލުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި - މާލީ އިދާރާތަކާއި ބޭންކުތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ބައިނަލްއަގުވާމީ ނިޒާމު ކަމަށްވާ ސްވިފްޓުން ރާއްޖެެ ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ވެސް ޝަރީފް ވަނީ ދޮގު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް