މޯލްޑިވް ގޭސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގޭހުގެ އާ ޝިޕްމެންޓު ލިބި 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށައިފި
ގޭހުގެ އާ ޝިޕްމެންޓެއް ލިބި، ލިމިޓުކޮށްގެން ގޭސް ވިއްކުން މޯލްޑިވް ގޭހުން ނިމުމަކަށް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭހުގެ ސަޕްލައިއަށް ލޮޅުން އަރައި ރާއްޖެއަށް ވެސް ގޭސް ލިބުން ދަތިވެ، މޯލްޑިވް ގޭހުން ވަނީ 10 ކިލޯގެ ގޭސްފުޅީގައި 5 ކިލޯގެ ގޭސް ވިއްކައިފަ އެވެ.
ތަފްސީލް - މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން މިއަދު ބުނީ ގޭހުގެ އާ ޝިޕްމެންޓެއް ލިބިފައިވާ ކަމަށާއި ކައްކާ ގޭހުގެ ދަތިކަން މިހާރު ހައްލުކޮށް، 10 ކިލޯގެ ގޭސްފުޅި މިހާރު މޯލްޑިވް ގޭހުން ލިބޭނެ ކަމަށެވެ.
އެނގުން މުހިންމު - ތެލާއި ގޭސް ލިބުމުގައި ހުރި ދަތިތަކުގެ ގިނަ ގައުމުތަކަކަށް ވަނީ ކޮށްފަ އެވެ. އެގޮތުން އަވައްޓެރި އިންޑިއާގައި ގޭހުގެ ދަތިކަން ކުރިމަތިވެ ބައެއް ރެސްޓޯރެންޓުތަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.