މެރިން އެކްސްޕޯގައި ހުރި ސީ ގިއާގެ ސްޓޯލެއް
ސީ ގިއާ، މެރިން އެކްސްޕޯގެ އެޑްވެންޗާ ޕާޓްނަރަކަށް
މިހާރު ހުޅުމާލޭ ސެންޓްރަޕް ޕާކްގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ އެޑްވެންޗާ ޕާޓްނަރެއްގެ ގޮތުގައި ސީ ގިއާ ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު އެކްސްޕޯގައި ސީ ގިއާގެ ފަރާތުން ޑައިވިން، ވޯޓާ ސްޕޯޓްސް، މެރިން އަދި ލައިފްސްޓައިލް އުފެއްދުންތަކުގެ ރޭންޖް ދައްކާލަން ތިން ސްޓޯލް ހުންނާނެ އެވެ
ތަފްސީލް - ސީ ގިއާގެ މެއިން ސްޓޯލުގައި ސީ ގިއާގެ ހުރިހާ ޕްރޮޑަކްޓެއް ދައްކާލަ އެވެ.
މީގެ އިތުރުން ޑައިވިން އިކުއިޕްމެންޓަށް ހާއްސަ ސްޓޯލަކާއި ލަނާލާ ބްރޭންޑުގެ ސްވިމް ވެއާއަށް ހާއްސަ ސްޓޯލެއް ވެސް ވަނީ ހަދައިފަ އެވެ.
-
ހަމައެކަނި ޑައިވިން އިކުއިޕްމެންޓަށް ހާއްސަ ސްޓޯލުގައި ފަންނީ ޑައިވަރުންނަށާއި މުނިފޫހިފިލުވުމަށް ޑައިވްކުރާ މީހުންނަށް ބޭނުންވާ އެންމެ ފަހުގެ ސާމާނު ހުންނާނެ
-
ލަނާލާ ބްރޭންޑުގެ ސްވިމް ވެއާ އަކީ ކަނޑުގެ ދިރިއުޅުމުގެ ޒަމާނީ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ ހިތްގައިމު އަދި ފެންވަރު ރަނގަޅު އުފެއްދުންތަކެއް.
-
މިއީ ރީސައިކަލް ކޮށްފައިވާ ތަކެތިން ތައްޔާރުކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް
ސީ ގިއާގެ ސްޓޯލުތަކަށް ޒިޔާރަތްކޮށްގެން އިނާމު ހޯދޭނެ
އެކްސްޕޯގެ ފޯރި އިތުރުކުރަން ސީ ގިއާއިން އަންނަނީ 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް:
-
މެރިން އެކްސްޕޯގައި ހުރި ސީ ގިއާގެ ކޮންމެ ސްޓޯލަކަށް ޒިޔާރަތްކޮށް ސްޓޯލުގައި ހުންނަ ކިޔުއާރު ކޯޑު ސްކޭންކޮށްލުމަށް ފަހު މައުލޫމާތު ފުރިހަމަކޮށްލާ
-
ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް 'ޖޯބް ކްރޮފްޓް އިންފްލޭޓަބަލް ކަޔަކް' އެއް ލިބޭނެ