'ޕްރޮޖެކްޓު އައިލާ'ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ފުރަތަމަ ޓައުންޝިޕް، 790 މިލިއަން ޑޮލަރުގެ 'ޕްރޮޖެކްޓު އައިލާ'ގެ އަމަލީ މަސައްކަތް ފަށައިފި

މި ޓައުންޝިޕް ތަރައްގީ ކުރަނީ ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި؛ ޓައުންޝިޕްގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައި

ރާއްޖޭގައި ގާއިމްކުރާ އިގްތިސޯދީ ހާއްސަ ސަރަހައްދު ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ތަރައްގީ ކުރާ މި ޓައުންޝިޕް މަޝްރޫއުގެ ބިންގާއެޅުމަށް މިއަދު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ތަފްސީލް - ޕްރޮޖެކްޓު އައިލާއަކީ 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.

'ޕްރޮޖެކްޓު އައިލާ'ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

މި މަޝްރޫއުގެ އިންވެސްޓުމެންޓު އެއްބަސްވުމުގައި، މަޝްރޫއު ކުރިއަށް ގެންދާ ކްރިސްޓަލް ހޯލްޑިންސްއާ އެކު މިދިޔަ 31 ޑިސެމްބަރުގައި ވަނީ ސޮއިކޮށްފަ އެވެ.

ޕްރޮޖެކްޓު އައިލާގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ އަދި ރެޒިޑެންޝަލް ބައިތައް ހިމެނޭނެ އެވެ.

މީގެ އިތުރުން:

  • އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުންހުރި ވަސީލަތްތައް

  • އެންމެ ފަހުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއް؛ މިއީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ތަރައްގީ ކުރާނެ ހޮސްޕިޓަލެއް

  • ފަތުރުވެރިކަމުގެ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކިޔަވައިދޭން ސްކޫލެއް

  • އެކުއަކަލްޗާ އަދި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ހާއްސަ ރަށެއް

މި ޓައުންޝިޕް ތަރައްގީކުރާނީ %60 އިއާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށެވެ.

އެސްއީޒެޑް ގާނޫނުގެ ދަށުން ހުއްދަ ދީގެން ތަރައްގީކުރާ ޓައުންޝިޕްގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް