ޔަމަހާ އައުޓްބޯޑު އިންޖީން (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)
އެލިއާގެ 'އަބަދު ވެސް ޔަމަހާ ރޯދަ ޕްރޮމޯ'ގައި އުމްރާ ދަތުރެއް
ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް 'އަބަދު ވެސް ޔަމަހާ ރޯދަ ޕްރޮމޯ'ގެ ނަމުގައި އެލިއާ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެލިއާ އިން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނިން ވިއްކާ ޔަމަހާ ސައިކަލާއި އައުޓްބޯޑް އިންޖީނު އަދި ވޭވް ރަނާއަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.
ތަފްސީލް - ރޯދަ ޕްރޮމޯޝަނުގެ ދަށުން 'ރިފަރަލް ޕްރޮމޯޝަން'ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން:
-
ޔަމަހާ ސައިކަލެއް ގަންނަން ބޭނުންވާ މީހެއްގެ ނަން ހުށަހަޅާ، އެ މީހަކު ސައިކަލު ގަތުމުން ނަން ހުށަހެޅި ފަރާތަށް 1،500ރ.ގެ އެލިއާ ވައުޗަރެއް ލިބޭނެ
-
މި ވައުޗަރު އެލިއާގެ ކޮންމެ ވިޔަފާރިއަކަށް ވެސް ބޭނުން ކުރެވޭނެ
-
އަލަށް ސައިކަލު ގަންނަ ކަސްޓަމަރަށް މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސާވިސް ހިލޭ ލިބޭނެ
-
ޔަމަހާ ސައިކަލަށް އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށާ އަދި މަހުން މަހަށް ފައިސާ ދައްކާ އަގު ހަމަކުރާ އުސޫލުން ސައިކަލު ގަންނަ މީހުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ
ޔަމަހާ އައުޓްބޯޑު އިންޖީނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް
ޔަމަހާ އިންޖީނަކީ ދިވެހީންގެ އިތުބާރު ހޯދާފައިވާ، ރާއްޖޭގެ ކަނޑުތަކަށް ހެޔޮވަރު އައުޓްބޯޑު އިންޖީނު ބްރޭންޑެކެވެ.
ރޯދައަށް ހާއްސަކޮށް އެލިއާ އިން ޔަމަހާ އިންޖީނުތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާއިރު، އެންމެ ކުޑަ ހޯސްޕަވަރުން ފެށިގެން އެންމެ މަތީ ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނުތަކަށް ޑިސްކައުންޓު ލިބޭނެ އެވެ.
މީގެ އިތުރުން، 175 ހޯރްސްޕަވަރުން ދަށުގެ އިންޖީނުތައް 24 މަސްދުވަހަށް އިންސްޓޯލްމަންޓް މުއްދަތު ބަހާލެވޭނެ ލުއި ޕްލޭންތައް ވެސް ލިބޭނެ އެވެ. އެގޮތުން:
-
މި ޕްރޮމޯޝަނުގެ މުއްދަތުގައި ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބޭނެ
-
ޕްރޮމޯޝަން ކުރިއަށްދާނީ 20 ޖެނުއަރީން 26 މާޗާ ހަމައަށް
-
ޔަމަހާ އައުޓްބޯޑު އިންޖީނު، ސައިކަލު ނުވަތަ ވޭވްރަނާއެއް ގަނެގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ
-
ޕްރޮމޯޝަނުގެ ގުރުއަތުލުން އޮންނާނީ 28 މާޗުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް